ޚަބަރު
ދަތުރުވެރިންނަށާއި، އާންމުންނަށް ބޭނުންކުރެވޭނެހެން ޕަބްލިކް ލައިބްރެރީއެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި

އެކި ބޭނުންތަކަށް ދަތުރުކުރާ ދަތުރުވެރިންނަށާއި، އާންމުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި ސިޓީގައި ނޮލެޖް ސެންޓާރ ނުވަތަ އާންމު ޙުތުބުހާނާ ނަމުގަ ޕަބްލިކް ލައިބްރެރީ އެއް ހުޅުވާލައިފިއެެވެ.

މި ލައިބްރެރީ ރަސްމީކޮށް ހުޅުވާލާފައިވަނީ ރޭގައެވެ. މި ރަސްމިއްޔާތަށް ޔޫތު މިނިސްޓްރީގެ ޓީމެއް ވެސް ވަނީ އެރަށަށް ޒިޔާރަތް ކޮށްފައެވެ.

ކުޅުދުއްފުށި ސިޓީގައި ނޮލެޖް ސެންޓާރ ނުވަތަ އާންމު ޙުތުބުހާނާ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ފޮތް ކިޔާލުމުގެ ފުރުސަތުގެ ތެރެއިން

ކުޅުދުއްފުށިި ސިޓީގެ މޭޔަރު އާތިފް މި ލައިބްރެރީ އާއި ގުޅޭ ގޮތުން ވިދާޅުވީ ހުޅުވާލެވުނު ލައިބްރެރީއާއި ގުޅިގެން ލިޔެވިގެން ދިޔައީ ކުޅުދުއްފުށީގެ ތަރައްޤީއާއި ތަހުޒީބުގެ ތާރީހުގެ މުޅިން އާ ސަފުހާއެއް ކަމަށެވެ. އަދި ހުޅުވާލެވުނީ ހަމައެކަނި ފޮތްތަކެއް ލާފަ ހުރި އިމާރާތެއް ނޫން ކަމަށާއި، އެއީ މައުލޫމާތާއި އިލްމުގެ ބޮޑު ހަޒާނާއެއް ކަމަށެވެ.
“ހުޅުވިގެން ދިޔައީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް މީހުން ބިނާކުރާނޭ އެދުރުގެޔެއް. މި ރޯކުރެވުނީ އަޅުގަނޑުމެންގެ މުސްތަގުބަލަށް މަގުދައްކާ އަލިކުރާނޭ އަލިގަދަ އިލްމީ ދަންމަރެއް. މި ރުވާލެވުނީ އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތަކުގެ ކާނާގެ ގޮވާން ދަނޑެއް. މި ބަނދެވުނީ އަޅުގަނޑުމެން ތަހުޒީބަށް ކުރާ ދަތުރުގެ ވަރުގަދަ ބައްތެއްޔެއް. ވަރަށް ބޮޑަށް މަރުހަބާ ކުޅުދުއްފުށީ ރައްޔިތުން” އާތިފް ވިދާޅުވިއެވެ.
މިއީ މިފަދަ ލައިބްރެރީއެއް ކުޅުދުއްފުށި ސިޓީގައި ހުޅުވުނު ފުރަތަމަ ފަހަރެވެ. މި ލައިބްރެރީ ވެގެންދާނީ ހަމައެކަނި ފޮތްތައް ބަހައްޓާލެވޭނެ ލައިބްރެރީއަކަށް ނޫން ކަމަށާއި، މިއީ ޑިޖިޓަލް ޒަމާނާ ގުޅޭ ލައިބްރެރީއަކަށް ވުމުގެ އުއްމީދުވެސް އެބައޮތް ކަމަށް ވިދާޅުވެފައެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!