ޖަޕާނުގެ 38 އަހަރުގެ ފިރިހެނަކު އޭނާގެ އަނބިމީހާއަށް ފޯނުން އުނދަގޫކުރުމުގެ ކުށުގައި ހައްޔަރު ކޮށްފިއެވެ. މި ފިރިހެންމީހާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ދުވާލަކު 100 ފަހަރަށްވުރެ ގިނައިން އަނބިމީހާއަށް ސިއްރު ނަންބަރަކުން ގުޅައި، އެއްޗެއް ނުބުނެ ހަނުހުރިކަމަށެވެ.
ޖުލައި 10 ވަނަ ދުވަހު، ޖަޕާނުގެ ހިއޯގޯ ޕްރިފެކްޗަރގެ އަމަގަސަކީގައި ދިރިއުޅޭ 31 އަހަރުގެ އަންހެނަކަށް، ގުޅައިގެން އަންހެންމީހާ ފޯނު ބާއްވަން ދެން އަނގައިން ނުބުނެ ހަނު ހުރި މައްސަލައެއް ފެންމަތިވިއެވެ. މި ކޯލު ކުރާ މީހާ ގުޅާ ކޮންމެ ފަހަރަކުވެސް ކަންތައް ކުރަނީ ހަމަ މިގޮތަށް ކަމަށާއި މިގޮތަށް މިކޯލު ހަފުތާއެއް ވަންދެން ތަކުރާރު ވިކަމަށް އަންހެންމީހާ ވަނީ ރިޕޯޓުކޮށްފައެވެ. އަންހެންމީހާ ބުނި ގޮތުގައި، އެނަންބަރު ބްލޮކް ނުކުރެވުނީ އޭނައަށް އެ ކޯލު އަންނަނީ ޕްރައިވެޓް ގޮތް ނޭނގޭ ނަންބަރު ތަކަކުން ކަމަށްވާތީ އެވެ. ބައެއް ދުވަސްދުވަހު މަދުފަހަރެއްގައި ގުޅި ނަމަވެސް ބައެއް ދުވަސްތަކުގައި ދުވާލަކު 100 ފަހަރަށްވުރެ ގިނައިން ގުޅާ ކަމަށް އެ އަންހެންމީހާ ބުނެފައިވެއެވެ. އެންމެ ހާއްސަކޮށް ފާހަގަވި ކަމަކީ އަންހެންމީހާ ބުނިގޮތުގައި އޭނާގެ ފިރިމީހާ ފޯނު ހިފައިގެން އުޅޭ ނަމަ އެވަގުތެއްގައި މިކޯލު އައިސްފައި ނުވާކަމެވެ.. މި ކަންތައްތަކުން އެ އަންހެންމީހާއަށް ގުޅަނީ ކާކު ކަމާމެދު ޝައްކު އުފެދުނެވެ.
ޖުލައި މަސް ނިމި އޯގަސްޓް މަސް ފެށި ނިމުމަކާ ހަމައަށް ދިޔައިރުވެސް، އެ ގޮތް ނޭނގޭ ކޯލުތައް އައުމެއް ނުހުއްޓުނެވެ. މިކަމާ އެއަންހެންމީހާ ކަންބޮޑުވެގެން އޭނާއަށް ގުޅަނީ ކާކުތޯ ދެނެގަންނަން މަސައްކަތްކުރަން ފެށިއެވެ. އެކޯލުތަކާ ބެހޭ ގޮތުން ކަންކަން އޮޅުން ފިލަމުން ދިޔަ އޭނާގެ ފިރިމީހާއާމެދު ޝައްކު އުފެދެމުން ދިޔައެވެ. އެންމެ ބޮޑަށް އަންހެންމީހާއަށް އޭނާގެ ފިރިމީހާ އާމެދު ޝައްކު ކުރެވޭ ގޮތް ވާން ޖެހުނީ އެ ގޮތްނޭނގޭ ކޯލުތަކުން ރެއާދުވާލުގެ އެކިއެކި ވަގުތުތަކުގައި އުނދަގޫ ކުރަމުންދާއިރު، އެކޯލުތައް އޭނާއަށް ނާންނަ ހަމައެކަނި ވަގުތަަކީ ކޮބައިކަން ދެނެގަނެވުމުންނެވެ. އެވަގުތަކީ ރޭގަނޑު އެއް އެނދެއްގައި ނިދަން އޮށޯވެ ތިބޭ ވަގުތު އޭނާގެ ފިރިމީހާ ފޯނުން ކުޅޭ ވަގުތުގައެވެ.
އެންމެ ފަހުން އެ 31 އަހަރުގެ އަންހެންމީހާ މި މައްސަލަ ޙައްލުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުނެވެ. އަންހެން މީހާ އޭނާގެ ފިރިމީހާއާމެދު ދައުވާ އުފުލީ އޭނާއަށް އުނދަގޫކުރާ ކޯލުތައް ކުރަނީ އޭނާގެ އެފިރިމީހާކަމަށް ފަރާތް ޝައްކުކުރެވޭ ކަމަށް ބުނެއެވެ. ތަޙުޤީޤަކަށްފަހު،އެ އަންހެންމީހާގެ ޝައްކު ޔަގީނަށް ބަދަލުވެގެންދިޔައެވެ. އަދި ސެޕްޓެމްބަރު 4 ވަނަ ދުވަހު، އޭނާގެ ފިރިމީހާ ހައްޔަރު ކުރެވުނެވެ. ޖަޕާނުގެ އުނދަގޫކުރުމާ ދެކޮޅު ޤާނޫނާ ޚިލާފުވުމުގެ ކުށުގައެވެ.
“އަހަރެން އަހަރެންގެ އަނބިމީހާ ދެކެ ލޯބިވާތީ، އެއްވެސް އެއްޗެއް ނުބުނެ އޭނާއަށް ފޯނުކޮށްފައިވާނީ” މިހެން އެ ފިރިހެނާ ބުނެފައިވެއެވެ. މިއީ އޭނާގެ އަނބިމީހާއަށް އޮތް ލޯބީގެ ހެއްކެއްގެ ގޮތުގައި އެ އުނދަގޫކުރުން ދެކޭކަހަލަ ގޮތަކަށެވެ.
ޖަޕާނުގައި ކައިވެނިކޮށްގެން ތިބޭ ދެމަފިރިން ވަކިން ދިރިއުޅުމަކީ އާންމު ކަމެކެވެ. އަދި ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ޖެހުމަކީ އާންމު ކަމެކެވެ. ނަމަވެސް، އަމަގަސަކީގެ ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއީ އެއްކޮށް ދިރިއުޅޭ ދެމަފިރިންގެ ދެމެދުގައި ހިނގާފައިވާ ފޯނުން އުނދަގޫކުރުމުގެ ފުރަތަމަ މައްސަލައެވެ.
މި ހާދިސާއިން އަލިއަޅުވާލެވެނީ ޒަވާޖީ ގުޅުމެއްގައި ވިޔަސް، ފަރުދީ މިނިވަންކަމާއި ޒާތީ ދިރިއުޅުމުގެ ޙުރުމަތްތެރިކަން ހިފެހެއްޓުމުގެ މުހިންމުކަމަށެވެ. އަދި ޒަވާޖީ ގުޅުމެއްގައި އޮންނަންވާނީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި އިތުބާރު ކުރުން ކަމަށް ހަނދާންކޮށްދެއެވެ. މީގެ އިތުރުން، މުޖުތަމަޢުގައި މިފަދަ ޢަމަލުތަކާ ދެކޮޅަށް ޤާނޫނުތައް ތަންފީޒުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެވެއެވެ.
މި ހާދިސާއަކީ ޒަވާޖީ ގުޅުމެއްގައި ވިޔަސް، އެކަކު އަނެކަކަށް އުނދަގޫކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮށްދޭ ކަމެކެވެ. އަދި މިފަދަ މައްސަލަތަކުގައި އަވަހަށް އެހީތެރިކަން ހޯދުމުގެ މުހިންމުކަން ވެސް ފާހަގަކުރެވެއެވެ.