ގއ.ވިލިނގިލީގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ %53 މަސައްކަތް ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
މި މަޝްރޫއަކީ 2022 ވަނަ އަހަރުގެ ޖޫން މަހު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
ޑިޒައިނިން އެންޑް ބިޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަކީ
ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަޅަން ދޮންބޭޒްއާ ހަވާލުކޮށްފައިވަނީ 49 މިލިއަން ރުފިޔާއަށެވެ.
ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގައެވެ.
މިއިން ކޮންމެ ޔުނިޓުތަކުގައި ތިން ކޮޓަރިއާއި ތިން ފާހަނާއާއި، ސިޓިން ރޫމަކާއި، ކާގެއަކާއި ބަދިގެއަކާއި، ލޯންޑްރީއަކާއި ގުދަނެއް ހަދާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހަދާނެއެވެ.
މީގެއިތުރުން ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.