ޚަބަރު
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ %69.2 މަސައްކަތް ނިންމާލައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ %69.2 މަސައްކަތް ނިންމާލައިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރއިން މިއަދު ބުނެފިއެވެ.

މި މަޝްރޫއުގެ މުޅި ޖުމްލަ %69.2 މަސައްކަތް ނިންމާފައިވާއިރު، މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށްޓަކައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އިއްޔެ ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، މަޝްރޫއުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓުންނާއި ބައްދަލުކުރައްވައިފައެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަނެ، ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ނިންމުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 2.7 ކިލޯމީޓަރުގެ ރަންވޭއަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ޓާމިނަލެއްގެ އިތުރުން ފިއުލް ސްޓޯރޭޖެއް ވެސް ގާއިމުކުރާނެއެވެ.

މި މަޝްރޫއު ނިމުމުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯޓަކީ އުތުރުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި އޭގެ ސަބަބުން އުތުރުގެ ރަށްތަކުގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!