ދަރިން ތިބި މީހަކާ އަލަތު ކައިވެނި ކުރަންޏާ ސޮސައިޓީގެ އެހެން މީހުން ކަންބޮޑުވަނީ ކީއްވެބާ؟
މިއަދުގެ ދިވެހި މުޖުތަމަޢުގައި އަލަތު ކައިވެނި ކުރާއިރު، މީހަކާ އިނދެ ދަރިން ތިބި މީހަކާ އިނުމަކީ ގިނަ ފަރާތްތަކުން ކަންބޮޑުވާ މައްސަލައެކެވެ.
ގިނަ ދިވެހި އާއިލާތަކުގައި، ފިރިހެން ދަރިއަކު ހުރުމަކީ ވަރަށް ބޮޑު އުއްމީދެކެވެ. މައިންބަފައިން އެދަރިފުޅާމެދު ދެކޭ ހުވަފެންތަކުގެ ތގެ ތެރޭގައި، ރަނގަޅު ތަޢުލީމެއް ހޯދައިދިނުމާއި، ކާމިޔާބު ކައިވެންޏެއް ކޮށްދިނުމާއި، އަދި ނަސްލު ދެމެހެއްޓުން ހިމެނެއެވެ. ނަމަވެސް، އެ ދަރިފުޅު މީހަކާ އިނދެ ދަރިން ތިބި މީހަކާ އިންނަން ނިންމުމުން، މި އުއްމީދުތަކަށް ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރު އާއިލާތަކަށް އިހުސާސްވެއެވެ.
ދަރިފުޅު ބޭނުންވާ މީހަކާ އިންނަން ނިންމުމުން، ގިނަފަހަރަށް އާއިލާގެ މެންބަރުންނާއި ގާތް މީހުން ވަރަށް ބޮޑަށް ކަންބޮޑުވެ، އިދިކޮޅު ހަދައެވެ. މިއީ ހަމައެކަނި ކަންބޮޑުވުމެއްގެ ގޮތުގައި ނުހުއްޓި، ބައެއްފަހަރު ހަރުކަށި އަމަލުތަކަށްވެސް މަގުފަހިވެދެއެވެ. މިކަމުގެ ސަބަބުން ގޭތެރޭގައި ބޮޑެތި މައްސަލަތައް ދިމާވެ، ގުޅުންތައް ރޫޅިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މީހަކާ އިނދެ ދަރިން ތިބި މީހަކާ އިންނައިރު، އެއީ ވަރަށް ބޮޑު ޒިންމާއެއްކަން ވިސްނަން ޖެހެއެވެ. ފިރިއަކަށް ވުމުގެ އިތުރުން ބައްޕައެއްގެ ދައުރު އަދާކުރަން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އަމިއްލަ ދަރިން ހޯދުމާއި، ދޮންދަރިންނާއި އަމިއްލަ ދަރިން އެއްކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހުރިތޯ ވިސްނާލަން ޖެހެއެވެ.

މީހަކާ އިނދެ ދަރިން ތިބި މީހަކާ އިންނައިރު، އެއީ ވަރަށް ބޮޑު ޒިންމާއެއްކަން ވިސްނަން ޖެހެއެވެ.
ގާތްތިމާގެ މީހުންނާއި ރައްޓެހިން ކުރާ ޝަކުވާތަކަކީ ގިނަފަހަރަށް ހެޔޮ އެދިގެން ދައްކާ ވާހަކަތަކެވެ. އެމީހުން ކަންބޮޑުވަނީ ކައިވެނިވާން އުޅޭ ފަރާތުގެ މުސްތަޤުބަލާ މެދުގައެވެ. ނަމަވެސް، ކައިވެނިވާން އުޅޭ ފަރާތުން މިހުރިހާ ކަމަކާމެދު ވިސްނާ ފިކުރުކޮށްފައިވާނެކަން އެމީހުންނަށްވެސް ޤަބޫލުކުރަން ޖެހެއެވެ.
މީހަކާ އިނދެ ދަރިން ތިބި މީހަކާ އިނުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް، އެއީ އެއްވެސް ހާލެއްގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. މިފަދަ ކައިވެންޏެއް ކާމިޔާބު ކުރުމަށްޓަކައި ދެފަރާތުންވެސް އެއްބާރުލުމާއި، ކެތްތެރިކަމާއި، އަދި އޯގާތެރިކަން ބޭނުންވެއެވެ. އާއިލާގެ ފަރާތުން ލިބޭ ފާޑުކިޔުންތަކާއި ކަންބޮޑުވުންތަކަށް އިޙްތިރާމްކުރުމާއެކު، އަމިއްލަ ނިންމުމަށް ޒިންމާ ނެގުމަކީ މުހިންމު ކަމެކެވެ.
މީހަކާ އިނދެ ދަރިން ތިބި މީހަކާ އިނުމަކީ ވިސްނަންޖެހޭ ވަރުގެ ބޮޑު ނިންމުމެކެވެ. އެހެންނަމަވެސް، މިއީ އެއީ އެއްވެސް ހާލެއްގައި އިމްޕޮސިބަލް ކަމެއް ނޫނެވެ. ރަނގަޅަށް ވިސްނައި، ދެފަރާތުން އެއްބަސްވެ، އަދި އާއިލާގެ ކަންބޮޑުވުންތަކަށް އިޙްތިރާމްކުރާ ހާލު، އަމިއްލަ ނިންމުމަށް ޒިންމާ ނަގައިގެން ކުރިއަށްދާނަމަ، މިފަދަ ކައިވެންޏެއް ކާމިޔާބުވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ކައިވެންޏެއްގައިވެސް ގޮންޖެހުންތަކެއް ހުންނާނެއެވެ. މުހިންމީ އެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް ދަސްކޮށް، އެކަކު އަނެކަކަށް އެހީތެރިވެ، ލޯބިން ފުރިގެންވާ ގެއެއް ބިނާކުރުމެވެ.