ޚަބަރު
ނޮވެމްބަރު 17 ގެ ކުރިން ތިން މިސްކިތެއްގެ މަސައްކަތް ނިންމަނީ

މިއަހަރުގެ ނޮވެމްބަރު 17 ގެ ކުރިން 3 މިސްކިތެއްގެ މަސައްކަތް ނިންމޭ ވަރަށް މަސައްކަތްތައް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ 22 މިސްކިތް މަޝްރޫޢުތަކުގެ ތެރެއިން 3 މިސްކިތެއްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު 17 ގެ ކުރިން ނިންމޭ ވަރަށް މަސައްކަތްތައް ކުރިއަށް ދާކަމަށެވެ. އެ ތިން މިސްކިތަކީ އދ. ދިގުރަށުގައި އިމާރާތް ކުރަމުންދާ މިސްކިތާއި ނ. މަނަދޫގައި އިމާރާތްކުރަމުންދާ މިސްކިތާއި ހދ. ހިރިމަރަދޫގައި އިމާރާތް ކުރަމުންދާ މިސްކިތެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު 22 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާއިރު، މިސްކިތްތަކުގެ މަސައްކަތްތައް ހަލުވި ކުރުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!