ޚަބަރު
ބަންޑާރަ ނައިބު އުނިކުރުމުން ބާ ކައުންސިލުން ހުސްވި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރުމަށް ފަހު އެ ކޮމިޓީގައި ހުސްވި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރީ މަޖިލީހުން އެގޮތަށް ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވާ އިސްލާހުންނެވެ. ބަންޑާރަ ނައިބު އުނިކޮށް އެ ކޮމިޓީއަށް ހޮވާނޮ ގާނޫނީ ވަކީލުން އިންތިހާބުކުރާ ވަކީލެކެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް އަންނަ މަހު 21 ގައި އިންތިހާބެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މީގެކުރިން ބާ ކައުންސިލްގެ ހިންގާ ކޮމިޓީގައި ތިބީ ހަތް މެމްބަރުންނެވެ. އެެއީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސް، ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުން އަދި ބަންޑާރަ ނައިބެވެ.

ނަމަވެސް ދެން ބާ ކައުންސިލްގައި ތިބޭނީ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރާ ހަތް މެންބަރުންނެވެ.

2019 ވަނަ އަހަރު ބާ ކައުންސިލް އުފެއްދުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އޭގެކުރިން އެ ޒިންމާ އަދާކޮށްފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!