ޚަބަރު
ޕޯސްޓް މޯޓަމް އަށް ފަހު މުހައްމަދު ހަސަން ގެ ހަށިގަނޑު ރާއްޖެ ގެނެސްފި

ޕޯސްޓް މޯޓަމް އަށް ފަހު މުހައްމަދު ހަސަން ގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޕޯސްޓްމޯޓަމަށްފަހު މުހައްމަދުގެ ހަށިގަނޑު މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ގެނެސްފައިވާ ކަމަށެވެ. މި މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

މުހައްމަދު ހަސަން ފެނުނީ ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައެވެ. މުހައްމަދު ހަސަން އެތާނގައި މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ. 

މުހައްމަދު ހަސަން ގެ ޖަނާޒާ އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

މުހައްމަދު ހަސަން އެ ރަށުގެ ފަޅު ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައިވާއިރު މި މަހުގެ 10 ވަނަ ދުވަހު ޒަޚަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނަކުވެސް ފެނިފައިވެއެވެ. މި ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ ޒަހަމްތަކަކާއެކު އަންހެނެއް ގެއެއްގެ ތެރޭގައި އޮތްކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެތަނުގައި ހަރަކާތްތެރިވެ، އެ އަންހެން މީހާ ހޮޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަކަމަށެވެ. އަދި އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!