މާލޭގެ ގެއެއް ބަލައިފާސްކޮށް، ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދާކަމަށް ޓާސްކު ފޯސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހެންވޭރުގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި އުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާަކާ ގުޅިގެން އިމިގްރޭޝަނުން ދަނީ މި މައްސަލަ ހައްލުކުރުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަންތަކުގައި އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.