އަންނަ މަހުން ފެށިގެން މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ވިދާޅުވާ ގޮތުގައި ވަކި ފެންވަރެއްގެ ސަނަދެއް ހާސިލްކުރުމުން ދެވޭ ޕްރޮމޯޝަން (ސެޓްފިކެޓް ޕްރޮމޯޝަން) ދިނުމުގެ ކަންކަން އަންނަ މަހުން ފެށިގެން ކުރިއަށް ގެންދެވޭނެ ކަމަށާއި ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހިނަމަވެސް، އެ ޗިޓާ އެއްގޮތަށް މުސާރައާ އިނާޔަތްތައް ހަމަޖެހިފައިނުވާ މުއައްޒަފުންނަށް ވެސް، އަންނަ މަހުން ފެށިގެން ޗިޓުތަކުގައިވާ ގޮތުގެ މަތީން މުސާރައާ އިނާޔަތްތައް ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އަންނަމަހު 1 އިން ފެށިގެން ސިވިލްސާވިސް ފަންނީ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދޭން ފެށޭނެއެވެ.
ޕްރޮމޯޝަން ޗިޓް އެޕްރޫވްވި ތާރީހުން ފެށިގެން މިހާތަނަށް ދޫނުކުރެވި ހުރި މުސާރައާ އިނާޔަތްތައް ދިނުމާގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތައް ނިމުމުން، އެފައިސާ ދިނުމާމެދު ވަކި ގޮތެއް އަންގާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓްރީއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިކަން އޮތީ މަޑުޖައްސާލެވިފައެވެ.