އަވަށްޓެރި ސްރީލަންކާގައި މިރޭ ކާފިއު އިއުލާން ކޮށްފައިވާތީ، ކާފިއު ގަޑިތަކުގައި ދިވެހިން ބޭރަށް ނުނިކުތުމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނީ މިރޭ 10:00 އިން ފެށިގެން މާދަމާ ހެދުނު 6:00 އަށް މުޅި ލަންކާގައި ކާފިއު އިއުލާން ކޮށްފައިވާތީ، ކާފިއު ގަޑިތަކުގައި ދިވެހިން ގެއިން ބޭރަން ނުކުމެ ނޫޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ލަންކާގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން މި މަހުގެ 23 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން އެ ދުވަހަކީ ދިވެހި ހައިކޮމިޝަން ވެސް ބަންދު ދުވަހެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
ނަމަވެސް ކުއްލި ހާލަތުގައި ހައިކޮމިޝަންގެ އެހީއަކަށް ބޭނުންވެއްޖެނަމަ، ހައި ކޮމިޝަންގެ ހޮޓްލައިން، 94768816666+ އަށް ގުޅުމަށް ވަނީ އެދިފައެވެ.