ޚަބަރު
ކުރެންދޫ ހައުސިންގ ޔުނިޓު މަޝްރޫއު އަންނަ އަހަރު ކުރީކޮޅު ނިމޭނެ: ހައުސިން މިނިސްޓްރީ

ޅ.ކުރެންދޫގައި ކުރިއަށްގެންދާ ހައުސިންގ ޔުނިޓު މަޝްރޫއު އަންނަ އަހަރު ކުރީކޮޅުގައި ނިމޭނެ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފިއެވެ.

ކުރެންދޫގައި ސަރުކާރުން އިމާރާތްކުރަމުންގެންދާ 50 ހައުސިން ޔުނިޓުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 95 މިލިއަން ރުފިޔާއަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމެޓެޑާއެވެ.

މިއީ 2023 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ 47 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއު އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރު ކުރީކޮޅުގައި ނިންމުމަށް ކަމަށެވެ.

ކުރެންދޫގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓު އަޅަނީ 100 އަކަފޫޓުގެ 10 ފަންގިފިލާއަށް ނެގޭ އިމާރާތެއްގައެވެ.

މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ އަދި ލޯންޑްރީ އާއި ގުދަނެއް ހުންނާނެއެވެ. އިމާރާތުގެ ގްރައުޑް ފްލޯ ތަރައްގީ ކުރަނީ ވިޔަފާރިތަކަށް ބޭނުންކުރެވޭ ގޮތަށެވެ.

މި ޔުނިޓުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއި ހިތްފަސޭހަކަން ގެނުވުމަށްޓަކައި ޕާކިން އޭރިއާއަކާއި ޕާކެއް ގާއިމުކޮށް، އިމާރާތުގެ ވަށައިގެން އަލިކަން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!