ޚަބަރު
ފަޒީސް ހިޖާމާ ބަންދު ކުރުމަށް ހެލްތު މިނިސްޓްރީ އިން ފުލުހަށް

ހިޖާމާ ޖެހުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަޒީލާ އުސްމާންގެ ކްލިނިކް ބަންދު ކޮށްދިނުމަށް ހެލްތު މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް ހެލްތު މިނިސްޓްރީން އެދިފައިވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހުއްދަނެތި ހިންގަމުން އައި ހިޖާމާ ކްލިނިކް ބަންދުކުރުމަށް ހެލްތު މިނިސްޓްރީ އިން މީގެ ކުރިން ވެސް އަންގާފައިވެއެވެ. އެ މިނިސްޓްރީ އިން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަޒީލާ ޢުޘްމާން ނަމަކަށް ކިޔާ ފަރާތަކުން ހިންގަމުންދާ ކްލިނިކާއި ބެހޭގޮތުން ގިނަ ޝަކުވާތަކެއް ލިބެމުންދާތީ، އޭނާއާ ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ނޫނީ ޚިދުމަތް ނުދިނުމަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާގައި “ފަޒީސް ހިޖާމާ ތެރަޕީ” ގެ ނަމުގައި ކޮށްފައިވާ އިޝްތިހާރުތަކަކީ އެ މިނިސްޓްރީގެ ހުއްދަ ނެތި ކޮށްފައިވާ އިޝްތިހާރުތަކެއް ކަމަށްވާތީ، އެ އިޝްތިހާރުތައްވެސް ނެގުމަށް އަންގާފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ބަލިމީހުންގެ މެޑިކަލް ރިޕޯޓުތަކަކީ ޞައްޙަކަން ކަށަވަރުނުވާ މަޢުލޫމާތު ކަމަށްވާތީ، އެ ރިޕޯޓުތައްވެސް ނެގުމަށް އަންގާފައިވެއެވެ.

މި މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުވެސް ފަޒީލާއަށް އަންގާފައިވެއެވެ. އަދި މިފަދަ އޯލްޓަނޭޓިވް ބޭސްފަރުވާގެ ޚިދުމަތްތައް ދިނުމަށް ބޭނުންވާނަމަ، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށްފަހު ނޫނީ ޚިދުމަތް ނުދިނުމަށް ވެސް އަންގާފައިވެއެވެ.

ހިޖާމާ އަކީ ސުންނަތުން ސާބިތުވާ ފަރުވާ އެކެވެ. ނަމަވެސް މިފަދަ ހިދުމަތްތައް ދޭން ވާނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!