ޚަބަރު
ރައީސް ޑރ.މުޢިއްޒުގެ މަސައްކަތްޕުޅާއެކު ރާއްޖެއާއި ސަޢޫދީގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައި: ނައިބު ރައީސް

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅާއެކު ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމުގައި ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަޢޫދީގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އާދީއްތަ ދުވަހު ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ، އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑރ. މުޢިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އިބު ރައީސް ވަނީ މިދިޔަ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް ސައުދީއިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވައިފައެވެ. އަދި ސައުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށްޓަކައި އެ ގައުމަށް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސް ވަނީ އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަފީރު މަޠްރިކް ޢަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަނބިކަނބަލުން، ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގެ ބައިވެރިންނަށް، ސަޢޫދީގެ މުއްސަނދި ތާރީޚާއި ތަރިކަ، އަދި އެ ގައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމަންޓްރީއެއް ބައްލަވައިލެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގެންފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!