ޚަބަރު
ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައި ހުރުމުން އުސޫލާ އެއްގޮތަށް ނައްތާލާފައިވާ ފުށް ބަސްތާތަކެއް : އެސްޓީއޯ

ދައުރު ކުރަމުންދާ ވީޑިއޯގައި އުކާލާފައިވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފުށް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ( އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ އެ ވީޑިއޯ އިން ފެންނަނީ އެކި ފަހަރު މަތިން ދެކުނުގެ ބޭނުމަށް ފޮނުވާފައި ހުރި ފުއް ކަމަށާއި ބޭނުންކުރެވޭ ވަރަށް ވުރެ ހަލާކުވެފައި ހުރުމުން އެ ފުށް ނައްތާލާފައިވަނީ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އަދި ނައްތާލާފައި ވަނީ ހަމަ އެކަނި ތުރުކީ ބެޗް ތަކެއް ނޫން ކަންވެސް އެސްޓީއޯ އިން ފާހަގަ ކުރެއެވެ.

މީސްމީޑިޔާގައި އައްޑޫ ސިޓީ ހިތަދޫ ގޮނޑަށްް ގިނަ އަދަދެއްގެ ފުށްް ބަސްތާތައް އުކާލާފައިވާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ އާންމު ވެފައެވެ.

އެސްޓީއޯ އިން ގޮނޑަށް އުކާލި ފުށް ބަސްތާތަކަކީ މުއްދަތު ހަމަނުވާ ނަމަވެސް ފަނި އަޅާފައިވާ ފުށް ބަސްތާތަކެއްގެ އިތުރުން  މިއީ ތުރުކީގެ ލޭބަލް ޖަހާފައިވާ ފުށް ބަސްތާތަކެއްކަމަށާއި މީ ގާތްގަނޑަކަށް 6- 8 މަސް ދުވަހު އައްޑޫގެ ރައްޔިތުންނަށް ބޭނުންކުރެވޭހާ ފުށް ކަމަށްވެސް އެ ވީޑިއޯ ގައި ބުނެއެވެ.

އަދި އެތަނަށް އުކާލާފައިވާ ބައެއް ފުށް ބަސްތާތައް އެތަނުން ނަގައިގެން ބިދޭސީން ވިއްކާ ކަން އެނގިފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ބުނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!