ޚަބަރު
ބޮކްސާ ތެރެއަށް ލައިގެން މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުނު މައްސަލަ: ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި

ބޮކްސާ ތެރެއަށް ލައިގެން މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި ހިނގާ ސެޕްޓެމްބަރު މަހު ހިނގި މި ހާދިސާ ގައި ހައްޔަރުކޮށްފައިވަނީ  ސ. ހިތަދޫ، ސަމަންދަރު، އަހްމަދު އަހްސަން (35އ) އެވެ. މީނާ އެ ދުވަހު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންނެވެ.

މީނާ ގެ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވާ ގޮތުން  ބޮކްސާ ތެރެއަށް ލައިގެން 500 ގްރާމަށްވުރެ ގިނަ އެކި ބާވަތުގެ މަސްތުވާތަކެތި ގެނެސްފައިވާކަން ފުލުހުންނާއި ކަސްޓަމުން ދީފައިވާ ބަޔާނުން އެނގެއެވެ. 

ކަސްޓަމުން ހާމަކޮށްފައިވާ ގޮތުގައި އަހުސަނުގެ އަތުން މަސްތުވާތަކެތީގެ ތެރޭގައި ތިން ބާވަތެއް ފެނިފައިވާއިރު އެއީ 3058 ގުރާމުގެ ހެރޮއިންނާއި، 215 ގްރާމުގެ ސިންތެޓިކް ކެތިނޯންގެ އިތުރުން 315 ގްރާމުގެ މެތަމެފެޓިން އެވެ.

މީނާ ގެ ބަންދަށް 30 ދުވަސް ޖަހާފައިވާ އިރު މީގެ ކުރިން މީނާ ގެ ބަންދަށް ދުވަސް ޖަހާފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އަހްސަނުގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު މި ފަހުންވެސް މަސްތުވާ ތަކެތި އެތެރެ ކުރި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭނާ އެތެރެ ކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 349 ގްރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!