ޚަބަރު
މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރުމަށް މުހިންމު މަޝްވަރާއެއް ބާއްވައިފި

މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރުމަށް މުހިންމު މަޝްވަރާއެއް ބޭއްވިއްޖެއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ މިފްކޯގެ ހެޑްއޮފީހުގައި، މިފްކޯ އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސް ބޭފުޅުންގެ ބައިވެރިވުމާއެކުގައެވެ.

މި ބައްދަލުވުމުގައި، މިފްކޯގެ ސައިޓުތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، ދަނޑުވެރިކަން ފުޅާކުރުމަށް ޕްލޭނެއް އެކުލަވާލުމަށް ނިންމުނެވެ. މީގެ އިތުރުން، ފެލިވަރު އަދި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރުކުރުމާ ބެހޭގޮތުންނާއި، ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ ފަންނީ ތަމްރީނުތައް ހިންގުމާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ބޭނުންވާ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިފްކޯގެ ސައިޓުތަކުގެ ދަނޑުބިންތަކާއި، ގަސްގަހާގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ބަލިތައް ދެނެގަނެ، ހައްލުކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މިފްކޯއިން ކުރާ ދަނޑުވެރިކަމުން އެ ކުންފުނީގެ ސައިޓުތަކުގެ މުވައްޒަފުންގެ ކޮއްތަށް ކުރަންޖެހޭ ޚަރަދުގެ ބައެއް ސަލާމަތްކުރެވޭ ކަމަށާއި، ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެންވެސް އެ ކުންފުނީގެ ޚަރަދުތައް މެނޭޖުކުރެވޭ ކަމަށް މަޢުލޫމާތު ލިބެއެވެ. މިފްކޯގައި ގާތްގަނޑަކަށް 2000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ކަމަށްވެސް މަޢުލޫމާތު ދެވިފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!