ޚަބަރު
ހުޅުމާލޭގައި ކާރެއްގެ ދަށުވެ މީހަކު މަރުވި މައްސަލައެއްގައި ދައުވާކޮށްފި

މިދިޔަ އޭޕްރީލް މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކާރެއްގެ ދަށުވެ، މީހަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން މީހާއަށް ދައުލަތުން ޖިނާއީ ދައުވާކޮށްފި އެވެ.

މި އެކްސިޑެންޓް ހިނގީ އޭޕްރީލް 14ގައި އުރީދޫ ބިލްޑިންެ ހުޅަނގަށް އޮންނަ މަގުން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލުގައި އިން ބަންގްލަދޭޝް ދެ މީހުން ކަމަށްވާ ޝެއިހް ޝުވައިބް އާއި މަސްއޫދު ރަނާއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދަނިކޮށް، މަސްއޫދު ވަނީ މަރުވެފަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ކާރު ދުއްވަން އިން ކ. ކާށިދޫ، ކެތި، މައުސޫމް ހަލީމްގެ މައްޗަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނި ގޮތުގައި މައުސޫމުގެ މައްޗަށް ތިން ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމުގަ އެވެ.

މައުސޫމުގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އުފުލީ ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކް ކުރަން އުޅުނު ސައިކަލުގައި ދުއްވަން އިން މަސްއޫދު ރާނާ ކާރު ދަށުގައި ތާށިވެ، އޭނާ ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވުމުންކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލީ ސައިކަލު ފަހަތުގައި އިން ސޮވައިބް ޝައިހު ކާރު ދަށުގައި ތާށިވެ، ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުމުން ކަމަށެވެ.

މީގެއިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލި ސަބަބަކީ މައުސޫމަށް ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރަކަށް ބޮޑެތި ގެއްލުންތައް ލިބުމުންކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!