ޚަބަރު
މިފްކޯއިން ކުޑަގިރިއަށް 500 ގަސް ހަދިޔާކޮށްފި

މުޅި ރާއްޖެ ފެހި ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިފްކޯއިން ބައިވެރިވެއްޖެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން މިފްކޯއިން ވަނީ އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ މާލެ އަތޮޅު ޕިކްނިކް އައިލެންޑް ކުޑަގިރިއަށް 500 ގަސް ހަދިޔާކޮށްފަ އެވެ.

މި ގަސްތައް ހަދިޔާކުރުމަށް މިއަދު މިފްކޯގެ މުވައްޒަފުންނާއި ކުޑަގިރީގެ މެނޭޖުމެންޓާއެކު އެރަށުގައި ބޭއްވި ހަފްލާގައި މިފްކޯއިން ވަނީ އެޗްޑީސީ އާއި ކުޑަގިރީގެ މެނޭޖުމެންޓުން މިކަމުގައި މިފްކޯއަށް ދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްފަ އެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާ ކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ހަފްލާގައި ކުޑަގިރިން ވަނީ އެ ރަށް  ފެހި ކުރުމުގައި އެޗްޑީސީގެ މެނޭޖުމެންޓުން ގެންގުޅޭ ހަރުދަނާ ޕްލޭންގެ ބައެއް މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އަދި އެ ރަށަށް ގަސް ހަދިޔާކުރިކަމަށްޓަކައި މިފްކޯއަށް ޝުކުރުވެސް އަދާކޮށްފައިވެ އެވެ.

މިފްކޯއިން ކުޑަގިރިއަށް ހަދިޔާ ކުރީ ހިރުނދަ އާއި ދިއްގާ ފަދަ ހިޔާވަހިކަން ލިބޭ ބާވަތްތަކުގެ ގަހެވެ. އޭގެއިތުރުން އެ ކުންފުނިން އެ ރަށަށް ރުއްވެސް ހަދިޔާކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!