ހުޅުމާލޭގެ ރައުންޑްއެބައުޓް ތަކުގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ މުބާރާތެއް އެޗްޑީސީން ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ރައުންޑްއެބައުޓްތަކުގައި ދިވެހި ވަންތަކަން ދައްކުވައިދޭ މޮނިއުމަންޓްތަކެއް ބަހައްޓަން، ރާއްޖޭގެ ރީތިކަން ދައްކުވައިދޭފަދަ މޮނިއުމަންޓްތަކެއް ޑިޒައިން ކުރުމުގެ ފުރުސަތު އާޓިސްޓުންނާއި އާކިޓެކްޓުންނާއި ޑިޒައިނަރުންނަށް މިއަދު ހުޅުވާލާފައިވާކަމަށެވެ.
މޮނިއުމަންޓްތަކުގެ ޑިޒައިން ތައްޔާރުކުރުމުގެ މުބާރާތުގެ އެއްވަނަ ފަރާތަކަށް ކަނޑައަޅާފައިވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެވެ.
ހުޅުމާލޭގައި ޖުމްލަ 11 ރައުންޑްއެބައުޓްގައި މޮނިއުމަންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މޮނިއުމަންޓްތަކުގެ ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.