ރިޕޯޓް
ބައްޕައަށް އެހީވުމުގެ ތެރެއިން ފެހުމުގެ ތެރެއަށް ނުކުމެވުނު އާމިރާ: 35 އަހަރު ޑިޒައިން ކުރުމާއި ފެހުމުގެ ތެރޭ، އުއްމީދަކީ އެވޯޑެއް ލިބުން!

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެވެސް އަމިއްލައަށް އަންނައުނު ފަހައިގެން ލުމުގައި ހުނަރުވެރި ޑިޒައިނަރުން ތިބިކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އޭރާއި މިހާރުގެ ތަފާތަކީ ޒަމާނަށް އައި ތަރައްގީއާއެކު ފަސޭހަ ސާމާނުތަކާއި މަސައްކަތަށް ކުރިއެރުމާއި އަވަސްކަން ގެނެސްދޭ މެޝިންތަކާއި އާލާތްތަކުގެ ތަފާތެވެ. މިތަފާތު އޮތެއް ކަމަކު އަތުން ކުރާ ބައެއް މަސައްކަތްތައް މެޝިނުން ކުރުމުގެ ބަދަލުގައި އަތުން ކުރުމުން އެކަމުގެ ހުންނަ އެ ފުރިހަމަ ކަމާއި ނަލަކަން ތަފާތުކަން ގެއްލިނުގޮސް ހުންނަ ކަމަށް ގަބޫލު ކުރާ މީހުން ފެހުންތެރިންގެ ތެރޭގައި މި ބަދަލުވަމުންދާ ތަހުޒީބު ޒަމާނުގައިވެސް އެބަތިބިކަން ޔަގީނެވެ.

ތ ވޭމަންޑުއަށް އުފަން އެރަށު މުޝްތަރީގެ ޒާހިދާ މުހައްމަދާއި ހަމަ އެރަށު މުސްތަރީވިލާ އީސާ ހުސައިން، (އާންމުނަމުންނަމަ ބަހީރު)ގެ ދަރިފުޅު އާއިޝަތު އާމިރާގެ މިދާއިރާގެ ފެށުމުގެ ސިއްރުވެސް ގުޅިފައި އޮތީ މިދެންނެވިފަދަ ހުނަރުވެރިއެއްގެ ފެހުންތެރިކަމާއެވެ. އޭނާގެ ބައްޕަ އީސާ ހުސައިން، (އާންމުނަމުންނަމަ ބަހީރު)ގެ އަކީ ފެހުމުގެ މަސައްކަތުގައި އޭރު ރާއްޖެއަަށް އުފެދުނު އެންމެ ވަރުގަދަ މޮޅު ފެހުންތެރިންގެ ލިސްޓުގެ ކުރީގައި ލިޔެވޭނެ ނަމެކެވެ. ރަށްފުށުގެ ދިރިއުޅުމުގެ ވާހަކަ މީހުންނަށް ފެންނަ ސޯޝަލްމީޑިޔާގެ އެކިއެކި ޕްލެޓްފޯމުތައް ނެތް ޒަމާނަކަށް ވުމުން މުޅި ރާއްޖޭގެ އެކިހިސާބުތަކަށް ނަން މަޝްހޫރުވެގެން ގޮސްފައި ނުވި ކަމުގައި ވިޔަސް އާމިރާގެ ހުނަރުވެރި ބައްޕަ ދަންނަ މީހުންނަށް އެއީ ކިހާ ވަރެއްގެ ފަންނުވެރި ހުނަރުވެރި ގާބިލު ފަރާތެއްކަން އެނގޭނެއެވެ. އެދުވަސްވަރު އަތޮޅުކޯޓްގެ އިސްމެޖިސްޓްރޭޓްކަން ކުރެއްވި މިހާރު ރިޓަޔަރ ކޮށްފައިވާ އީސާ ހުސައިންގެ ހުނަރުވެރިއެއްކަން އަދު އާމިރާގެ ފެހުމުން އެނގިހާމަވެއެވެ.

އާމިރާގެ ޑިޒައިނާއި ފެހުން،……ފޮޓޯ: އާމިރާ

އަތުން އަނބުރައިގެން ފައިން ފާލުގަނޑު އަޅަމުން، ދިއުޅި ނެއްޓޭ ކޮންމެ ފަހަރަކު ގުދުވެ ދިއުޅި އަޅުވަމުން، ވަތުއޮނޑިއަށް ބަރަނި އޮޅޭ ކޮންމެ ފަހަރަކު ވަތުއޮނޑިނައްޓައި އޭގެ އޮޅުންވެފައި ހުންނަ ބަރަނިގަނޑު ނަގައި ރަނގަޅުކޮށް، ތިނޯހަށް ބަރަނި ލައްވައި މިހުރިހާ މަސައްކަތް ކުރަމުން ދިޔައީ އަވަސްކޮށް ފުރިހަމަކޮށެވެ. އާމިރާއަށް އޮންނަ މަސައްކަތަކީ ބައްޕަ ފަހަން އިންނައިރު ކައިރީގައި އަތްގާތްކޮށްލަދޭން ގޮވާލުމުން ގޮސް އެ ހަވާލުކުރާ މަސައްކަތެއް ކޮށްލުމެވެ. އަދުގެ ޒަމާނުގައި ފަސޭހަކަމާއެކު ރޮދި ކޮށާ ކަތުރާއި އާލާތްތައް ހުރި ވަރަށް ނެތް ނަމަވެސް އޭރުވެސް ރޮދިކޮށާ ކުޑަ ކަތުރުތަކަކާއި ރޮދި ދަމާ އެއްޗެހި ހުރެއެވެ. އަދި އެތަކެތިން ރޮދި ދެމުމަކީ ފަސޭހަވެފައި އަވަސްކަަމަކަށްވިޔަސް ހެދުމުގެ ފޮތިގަނޑު ހަޑިވެ ހަލާކުވުން ކައިރި ކަމެކެވެ. އާމިރާގެ ބައްޕައަކީ ރޮދި ކޮށަަން ޖެހިއްޖެނަމަ ވަކިވަކިން ރީތިކޮށް ރޮދި އަތުން ނައްޓައިގެން ނޫން ގޮތަކަށް އެމަސައްކަތް ކުރަން ހިތްހަމަ ނުޖެހޭ ފަރާތެކެވެ. ކަވި ފޫހި މަސައްކަތަކަށްވިޔަސް ބައްޕަދެކެ ވާ ލޯތްބަކާއި ކުރާ ގަދަރެއްގެ ބޮޑުކަމުން އާމިރާ ބައްޕަ ހަވާލުކުރާ ރޮދި ކޮށުން، ހެދުން މޮހެދިނުން ފަދަ ކަންކަން ރުޅިއައިސްފައި އިނދެ ކޮށް ނިންމާލައެވެ.

“ވަރަށް ކުޑައިރު މަންމައާއި ބައްޕަ ކުރަން ފެށި މަސައްކަތެއް މިއީ. ބައްޕަ ފަހާއިރު ރޮޮދި މޮހާނީ އަތުން. އެ ރޮދި މޮހަން ދިނީ އަހަރެންގެ އަތަށް. ކަވި ކަމަކަށް ވީމަ ވަރަށް ފޫހިވެ އޭރު ރުޅި އަންނަ. ކުޑައިރު ބައްޕަ ފަހަން އިންނައިރު ރޮދި މޮހާލުން، ނޫނީ އެނގޭފަދަ ކަމެއް ހަވާލުކޮށްލިޔަސް އެކަމެއް ކުރަނީ ވަރަށް ފޫހިވެފައި އިނދެ ބައްޕަގެ ބަސް އެހުމުގެ ގޮތުން.” އާމިރާ ހަނދާން އާކޮށްލަމުން ބުންޏެވެ.

އާމިރާގެ މި ވާހަކައިން އެނގެނީ، އޭނާ މި ދާއިރާއަށް ވަންނަން ގަސްތުކޮށްގެން ނޫންކަމެވެ. ނަމަވެސް، އޭނާގެ ލެއާއި ކަށީގައި ހިފާފައިވާ މި ހުނަރު، އޭނާގެ ހިތުގައި ފޫހިކަން އުފެދުނު ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔައިރު އޭނާގެ ހިތުގައި ވަނީ ފުންކޮށް ހަރުލާފައެވެ. އެއްވެސް ވަރަކަށް ދަސްކުރަން، ކީއްކުރަން އެނގެންވެސް އޭނާ ބޭނުންނުވި މިމަސައްކަތް މިއަދު އެވަނީ އޭނާގެ ލެއާއި ކަށީގައި ހިފައިފައެވެ.

އެދުވަހު ބައްޕަގެ މަސަައްކަތަށް އެހީވުމުގައި ރުޅިވެރިކަމާއެކު ބައިވެރިވެ އުޅުނުއިރު ތިމާގެ މުސްތަގުބަލު ބިނާވެފައި އޮތް މަސައްކަތަކީ ފެހުން ކަމެއް އާމިރާއަކަށް ނޭނގެއެވެ. އެހެންނަމަވެސް ތަންދޮރު އެނގިއަމިއްލަ ދިރިއުޅުމަކަށް ފެށިއިރު ކުރާ މަސައްކަތަކަށް ފެހުން ވެފައި އޮތީ ކޮންއިރަކު ފަށައިގެން ކަމެއް ނޭނގެއެވެ. ދަސްކުރަން ދިޔަ ކުލާހެއް ދަރިވަރުވި އެދުރެއް ނެތި، ލިޔެފައިވާ ފާހަކާ ނުލައި އާމިރާ ހުރީ ކާމިޔާބު ފެހުންތެރިއަކަށްވެ، 35 އަހަރު މިދާއިރާގައި ހޭދަކޮށްފިއެވެ. އޭނާގެ މަސައްކަތުގެ ފެންވަރު މަތިވެފައިވަނީ އަބަދުވެސް ފެހުމުގެ އަސާސީ ކަންކަމަށް ސަމާލުކަން ދީގެންނެވެ. ބައްޕަގެ ފަރާތުން ދަސްވި ރޮދި މޮހުމުގެ މުހިންމުކަން ދެނެގަނެ، އެކަމަށް އަހައްމިއްޔަތުކަން ދިނުމަކީ އޭނާގެ މަސައްކަތުގެ ފެންވަރު މަތިވުމަށް މަގުފަހިކޮށްދިން މުހިންމު ކަމެކެވެ.

އާމިރާއަކީ ފެހުމުގެ ދާއިރާގައި އެތަކެއް ގިނަ އަހަރުތަކެއް ވެފައިވާ، ހީވާގި އަދި ހުނަރުވެރި އަންހެނެކެވެ. އޭނާގެ ޕްރޮފެޝަނަލް ދަތުރުގައި ދިމާވި ގޮންޖެހުންތަކާ ކުރިމަތިލީ ހިތްވަރާއެކުގައެވެ. އެހުރިހާ ހުރަހަކާއި ދަތިތަކަކާ ކުރިމަތިލައި އަމިއްލަ މަސައްކަތުން ކުރިއަރައި ގޮސްފައިވާ މިސާލަކަށް އާމިރާ ފުދޭނެއެވެ.

ރަށުގައި އެތައް އަހަރެއް ވަންދެން ކުރި މަސައްކަތް، މިއަދު ބޮޑެތިވެފައި ތިބި ދަރިން ދިރިއުޅޭ ފަސްގަނޑުގައި ކުރުމަށް ގަސްދުކޮށްގެން އާމިރާ މާލެ ބަދަލުވިތާ ދުވަސްކޮޅެއްވެއްޖެއެވެ.

އާމިރާގެ މަސައްކަތުގެ ދާއިރާ ވަރަށް ތަނަވަސެވެ. އަންހެނުންނާއި ފިރިހެނުންގެ ހެދުންތަކުގެ އިތުރުން، ސްކޫލް ޔުނިފޯމްތަކާއި ސަގާފީ ހެދުންތައް ފެހުމުގައި ޚާއްޞަވެފައިވެއެވެ. މިއީ އޭނާގެ ހުނަރުވެރިކަމާއި ތަޖުރިބާގެ ހެއްކެވެ. އަދި މިއަދު ޒަމާނީ ތަރައްޤީގެ ކުރިއެރުމާއި ޓެކްނޮލޮޖީއާއެކު އާމިރާ އަންނަނީ ފެހުމުގެ އިތުރުން ބައެއްކަހަލަ އަތްތެރި މަސައްކަތްތައްވެސް ކުރަމުންނެވެ.

ރަށުގެ ދިރިއުޅުމުގައިވެސް ސޯޝަލްމީޑިޔާ މުހިންމު ކަމަށްވާތީ، އާމިރާ އޭނާގެ މަސައްކަތްތައް ދައްކައި އޭނާއާ ހަމައަށް ވާސިލުވެވޭނެ މަގު ދެއްކުމުގެ ގޮތުން، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށްޓަކައި “Aisa Collection” ނަމުގައި ފޭސްބުކް ޕޭޖެއް ހިންގައެވެ. އަދި އަމުދުން މިހާރު މާލެ އައުމަށްފަހު އޭނާގެ މަސައްކަތްތަައް އެހެންމީހުންނަށް ދައްކާލަން އެންމެ ފަސޭހަ ގޮތަކަށް އަދި އޮންލައިންކޮށް އޯޑަރު ނަގައި ކަންތައް ކުރުމަށް މަގުހޯދަނީ އެ ޕޭޖުންނެވެ. އާމިރާގެ ފެހުމުގެެ މާހިރާކަން ދެނެގަންނަން ރީތި ހެޔޮވަރު ހެދުމެއް ފެއްސުމަށް އަވަހަށް އާމިރާއަށް ގުޅާލައްވާށެވެ!

އާމިރާގެ މަސައްކަތުގެ އުސްލޫބަކީ ވަރަށް ޚާއްޞަ އެއްޗެކެވެ. އޭނާ މަސައްކަތް ކުރަނީ އެކަންޏެވެ. އެއްވެސް މުވައްޒަފެއް ނުގެންގުޅެއެވެ.

“ވަގުތަށް ސަމާލުވެ ފަރުވާތެރިވެ ވީހާވެސް އަވަހަށް ފަހަން ދޭ މީހާ ރުހޭ ގޮތަށް އެމީހާ އެދޭ ގަޑިއަށް ނިންމަން އަހައްމިއްޔަތުކަން ދެން,” އާމިރާ

މިއީ އޭނާގެ ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް މަގުފަހިކޮށްދޭ މުހިންމު ސިފައެކެވެ.

ކޮންމެޔަކަސް އެދުރަކާ ނުލައި ދަރިވަރުވެފައިވާ އާމިރާ މިއަދު މާލޭގައި އޭނާގެ ގޭގެ ސިޓިންރޫމުގައި އެއިނީ ކޮންމެ މީހަކު ކޮންމެ އޯޑަރަކާއެކު އަޔަސް ހަމަ އެކަމަށްޓަކައި ވަގުތު ހުސްކޮށްގެންނެވެ.
35 އަހަރުގެ ތަޖުރިބާގައި ހަމަގައިމުވެސް ކާރުހާނާއެއްގެ ގަދަފަދަ ހަލުވި ހިންގާ މެޝިނެއްގެ ވަރު ހުންނާނެ ކަމާމެދު ޔަގީންކަން ދެވިދާނެއެވެ.
އަދި މިއަދު ޒަމާނީ ތަރައްގީގެ ކުރިއެރުމާއި ޓެކްނޮލޮޖީއާއެކު އާމިރާ އަންނަނީ ފެހުމުގެ އިތުރުން ބައެއްކަހަލަ އަތްތެރި މަސައްކަތްތައްވެސް ކުރަމުންނެވެ..

އާމިރާގެ ކާމިޔާބީގެ ވާހަކައަކީ ގޭގައި ތިބެގެންވެސް އާމްދަނީ ހޯދުމުގެ ފުރުޞަތު އޮތްކަން ދައްކުވައިދޭ ރަނގަޅު މިސާލެކެވެ. އޭނާގެ މި ދަތުރުން އެހެން އަންހެނުންނަށް ހިތްވަރާއި އުއްމީދު ލިބިގެންދާނެކަން ކަށަވަރެވެ.

މިހާތަނަށް މިހާ ގިނަ އަހަރުތައް ފެހުމާއި ފެހުމުގެ އެކިކަހަލަ މަސައްކަތްތައް ކުރުމުގައި އާމިރާގެ އުމުރުގެ ތިންބައިކުޅަ ދެބަޔަށްވުރެ ބޮޑުބައި ހޭދަކޮށްފައިވާއިރު އަދި މިހާތަނަށް އެވޯޑަށް ހުށަހެޅި ނަމަވެސް އެއުފާ ހާސިލުކުރެވިފައެއް ނެތެވެ. މީގެ ކުރިން އެވޯޑަށް ކުރިމަތިލާފައިވާކަން ހާމަކޮށްލަމުން އާމިރާ ބުނީ. “އަދި އަޅުގަނޑަށް އެވޯޑު ނުލިބުނު ނަމަވެސް މާޔޫސް ނުވަން، ހަމައެހެންމެ އެވޯޑަށް އުއްމީދުކުރުން ހުއްޓައެއް ނުލަން!” އާމިރާ އެވޯޑަށް ކުރާ އުއްމީދަކީ އޭނާގެ ގާބިލުކަމަށް އިތުރު ޔަގީންކަމެއް ދިނުމަށް އޭނަގެ އަމިއްލަ ނަފުސަށްޓަކައި އާމިރާ އެދޭ އެދުމެކެވެ. މިއީ އޭނާގެ ހިތްވަރާއި ފަޚުރުވެރިކަން ދައްކުވައިދޭ ކަމެއް މެއެވެ.

އާމިރާގެ އުއްމީދުތައް އޮތީ ހަމައެކަނި އެވޯޑު ހާސިލު ކުރުމާ ހަމައިން ނިމޭ ގޮތަކަށް ނޫނެވެ. އޭނާގެ ދަރިފުޅު ހޫނާއަށް މި ހުނަރު ދަސްކޮށްދިނުމާއެކު، އެހެން އަންހެނުންނަށްވެސް މި ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަކީ އޭނާގެ އަމާޒެކެވެ. މިކަމުން އޭނާގެ މުޖުތަމަޢުއަށް ޚިދުމަތްކުރުމުގެ ރޫހު ފެންނަން އެބަހުއްޓެވެ.

“އެންމެ ފުރަތަމަ ޝުކުރު އޮތީ ހެއްދެވި ފަރާތަށް، އަލްހަމްދުލިއްލާހި، ދެން ޝުކުރު އަދާކުރަން ބޭނުނީ މަންމަ އާއި ބައްޕައަށް، އެދެމީހުންނާ ނުލައި އަޅުގަނޑު އަޅުގަނޑަކަށް ނުވީސް، ދެން އަޅުގަނޑުގެ 4 ކުދިން، އަޅުގަޑުގެ އާއިލާގެ ހުރިހާ މީހުން، އަޅުގަނޑުގެ ބެސްޓީ، އަޅުގަނޑުގެ ފެހުމަށް ސަޕޯޓްކޮށް ހިތްވަރުދީ ހައްދަވާ ހުރިހާ ބޭފުޅުން، އަދި ދެގޮތެއްނުވެ އަޅުގަޑު ލައްވާ ފައްސަވާ ހުރިހާ ފަރާތްތަކަށް ފަށްފަށުން ނިމުމެއްނެތް ޝުކުރެއް އަދާކުރަން! އަދި ހަމަމިނޭވާގައި ހުވަދޫމީޑިޔާގެ ހީވާގި ޓީމަށް ވަަރަށްބޮޑަށް ޝުކުރު އަދާ ކުރަން!” އާމިރާ

ހުވަދޫމީޑިޔާގެ ފަރާތުން އާމިރާގެ 35 އަަހަރުވީ މިހިންމަތާއި މިންނަތުގެ ހުނަރާއި ތަޖުރިބާއަށް ސެލިއުޓްނަގަމުން ކާމިޔާބާއި ފަހިފާގަތި ކަމަށް އެދެމުން ބުނެލާނީ އާއިޝަތު އާމިރާއަކީ ފެހުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި، ކެތްތެރި އަދި ހީވާގި އަންހެނެކޭ އެވެ. ދަސްވީ ކުރާހިތްނުވާ ކަމެއްގެ ތެރެއިން ކަމަށް ވިޔަސް އެކަމަކަށް ތިމާ ގާބިލު، ތިމާއަށް އެކަމެއްގެ ހުނަރާއި އިލްމާއި ހިލްމު ލިބިފައިވާ ކަމެއްގައި ކުރިއަރައިގެން ދާން ޖެހޭނެކަމާއި އަދި މިއަދު ހުސްވަގުތުގެ ބައިވެރިޔަކަށްވެސް ވެފައިވާ އެންމެ ގަޔާވާ އެންމެ ލޯބިވާ މަސައްކަތަށް ނުކުމެވުނީ ކިތަންމެ ފޫހިވާ ކަމަކުން ކަމަށްވިޔަސް، އެކަމަކުން ދިރިއުޅުން އުޖާލާ ކުރެވިދާނެކަމުގެ ލާމަސީލު ނަމޫނާއެކެވެ.

އާމިރާގެ ފެހުމުގެ މައުލޫމާތު ލިބޭ ފޭސްބުކް ޕޭޖް

އާމިރާއަކީ ފެހުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި، ކެތްތެރި އަދި ހީވާގި އަންހެނެކެވެ. އޭނާގެ މަސައްކަތުގެ ފެންވަރާއި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމުގެ ގާބިލުކަމަކީ އެހެން ފަރާތްތަކަށްވެސް ނަމޫނާއަކަށް ވާނެ ކަމެކެވެ. އޭނާގެ މުސްތަގުބަލު އުޖާލާވެ، ފެހުމުގެ ދާއިރާގައި އިތުރު ކުރިއެރުންތައް ލިބި، އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމުގެ ތައުފީޤު މާތްﷲ މިންވަރު ކުރައްވާށިއެވެ. އާމީން!

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!