މާލޭގެ ހަ ކެފޭއެއް ރެއިޑްކޮށް 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެއާއި އޭގެ ކުރީ ދުވަހު އިމިގްރޭޝަންގެ ޓާސްކު ފޯސްއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އިމިގްރޭޝަނުން ވަނީ ހުޅުމާލޭގެ ފޭސް އެކެއްގައި ހިންގަމުންދާ ހަ ހޮޓާ/ކެފޭ ބަލައި ފާސްކޮށް، އެ ތަންތަނުން ގަވާއިދާ ހިލާފަށް ތިބި 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެ ރެއިޑްތަކުގައި، ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިއަ ތިން ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ނޯޓިސް ދީފައިވެ އެވެ.
ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާަކާ ގުޅިގެން އިމިގްރޭޝަނުން ދަނީ މި މައްސަލަ ހައްލުކުރުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަންތަކުގައި އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.