ޚަބަރު
 ޕީއެސްއެމްގެ 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައި: އޮޑިޓަރ ޖެނެރަލް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ތެރެއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވީއެއްނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޮޑިޓަރިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ 36 ސަފްހާގެ ޚާއްޞަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ޑޮލަރު ގަތުމަށް ނެގި ފައިސާގެ ތެރެއިން 4.5 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ. މީގެ އިތުރުން، 2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އާމްދަނީ އާއި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި:

1. ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި ޑޮލަރު ގަތުމަށް ނެގި 5,785,346 ރުފިޔާގެ ތެރެއިން 4,583,701 ރުފިޔާއަށްވާ ޑޮލަރު ޕީއެސްއެމަށް ލިބިފައި ނުވުން.

2. ޑޮލަރު ގަތުމަށް ނެގި 1,164,068 ރުފިޔާ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވުން.

3. ބައެއް ޕޭމަންޓް ވައުޗަރުތަަކުގައި ހަމައެކަނި އޭރުގެ ފައިނޭންސް ޑިރެކްޓަރު އެކަނި ސޮއިކޮށްފައިވުން.

4. އެއް ބިލްތަކެއް އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކޮށްފައިވުން.

5. ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރީގެ އެކައުންޓްތައް އުސޫލާ ޚިލާފަށް ބޭނުންކޮށްފައިވުން.

މީގެ އިތުރުން، ޕީއެސްއެމްގެ ތިޖޫރީގައި ހުންނަންޖެހޭ 190,087 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ކުރީގެ ފައިނޭންސް ޑިރެކްޓަރު ހަވާލުވުމަށްފަހު، އެ ފައިސާ ޕީއެސްއެމްގެ އެކައުންޓަށް ނުވަދެ ގެއްލިފައިވާކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. \

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!