ޚަބަރު
ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު ހުއްޓުވައިފި

ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 3 ބިދޭސީއަކު ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ޝަޚުސު އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.

ނަމަވެސް އެ މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް ނުބުނެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި ރާއްޖެ އެތެރެވާން މަސައްކަތް ކުރީ 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީ ވެސް ފިރިހެނުންނެވެ.

އިމިގްރޭޝަނުން ބުނީ 25 އަހަރުގެ މީހާ އެތެރެވާން އުޅުނީ މިދިޔަ ޖުލައި 31 ގައި ކަމަށާއި 23 އަހަރުގެ މީހާ އެތެރެވާން އުޅުނީ އޮގަސްޓް 16 ގައި ކަމަށާއި 21 އަހަރުގެ މީހާ އެތެރެވާން އުޅުނީ 18 އޮގަސްޓްގައި ކަމަށެވެ.

ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ބިދޭސީން މީގެކުރިން ވެސް ހުއްޓުވާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!