ޚަބަރު
އަމަލުކުރަމުން އަންނަތާ 33 އަހަރުވީ ޑައިވިންގ ގަވާއިދު އިސްލާހު ކުރަނީ

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ޑައިވިންގ ގަވާއިދު އިސްލާހު ކުރަން ނިންމަވާފައިވާ ކަމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިޞަލް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ”ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024” ގެ ހަފުލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ ވަރަށް ގިނަ ދުވަސްވީ ޑައިވިން ގަވާއިދަކަށް ކަމަށާއި އެ ގަވާއިދާ ގުޅިގެން ޑައިވަރުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ފުވައްމުލަކުގެ ޑައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ގަވާއިދުގައިވާ ގޮތުން ޑައިވްކުރުމަށްފަހު ވައިގެ ދަތުރު ވެސް ކުރެވެނީ 24 ގަޑިއިރު ފަހުން ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކުގައި 18 ގަޑިއިރު ފަހުން ޑައިވް ކުރެވޭ ގޮތަށް އޮންނަ ކަމަށާއި އެހެންކަމުން ގަވާއިދަށް އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގަވާއިދަކީ ރާއްޖޭގެ ޑައިވިންގ ކަންކަން ކުރިއަރާފައި އޮތް މިންވަރަށް ބަލައި 1991 ވަނަ އަހަރު ހެދިފައިވާ ގަވާއިދެއް ކަމަށެވެ. އަދި އޭގެފަހުން އެތައް އަހަރެއްވެފައި ވާއިރު ގެންނަންޖެހޭ އިސްލާހުތަކެއް ހުންނާނެ ކަމަށެވެ.

އެހެންކަމުން ހަފުތާ ބަންދަށްފަހު ސަރުކާރު ހުޅުވުމާއެކު، ޑައިވިންގ ގަވާއިދުގައިވާ ކަންކަން ދިރާސާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!