މި ހިނގާ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 282 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމު ކޮށްފައިވާ މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ޑްރަގް ގެ 113 އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު މި އޮޕަރޭޝަން ތަކުގައި 8554 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަން ތަކުގައި އަތުލައިގަނެފައިވާ މަސްތުވާ ތަކެތީގެ މަގުމަތީ އަގު 282 މިލިއަނަށް އަރައެވެ.
މި މުއްދަތުގައި ޖުމުލަ 158.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވެއެވެ. އަދި 5252 ބަނގުރާ ފުޅި/ދަޅު އަތުލައިގަނެވިފައިވެއެވެ. އަދި އެ މުއްދަތުގައި ޑްރަގް އެންސްފޯސްމަންޓުން 8554 މީހަކު ބަލާފާސްކޮށް 712 މިހަކު ހައްޔަރުކޮށްފައިވާއިރު 80 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފައިވެއެވެ.
މަސްތުވާތަކެއްޗާއި ގުޅޭ 457 މައްސަލައެއް ހުށަހަޅާފައިވާއިރު މީގެ ތެރެއިން 230 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވެއެވެ.
އޮގަސްޓު މަހުގެ ނިޔަލަށް ޖީސީއައި އިން ކޮށްފައިވާ މަސައްކަތްތައް:
- ކުޑަކުދިން ހުއްޓުވާ ސުވާލުކުރެވުނު އަދަދު: 2014
- 18 އަހަރު ފުރިފައިވާ މީހުންގެ އަދަދު: 2583
- ހުއްޓުވާ ސުވާލު ކުރެވުނު އަދަދު: 12253
- ހައްޔަރު: 67
- ފުހެލެވުނު ގްރެފިޓީ: 37
- ގޮނޑި އަދި މޭޒު ނެގުނު ސަރަހައްދު: 2
- ޗެކް ކުރެވުނު އުޅަނދު: 173
- 18 އަހަރުން ދަށުގެ ކުދިންގެ އަދަދު: 331
- ސަރަހައްދުތައް ޗެކްކުރެވުނު އަދަދު: 87775
އޭގެ އިތުރުން މި މުއްދަތުގައި ޖީސީއައިއަށް ޖުމުލަ 22 މައްސަލައެއް ހުށަހަޅާފައިވާއިރު އަށް މައްސަލައެއް ޕީޖީއަށް ފޮނުވާފައިވެއެވެ.އަދި ހައްޔަރުކުރެވުނު 67 މީހުންގެ ތެރެއިން 22 މީހަކު މިހާރު ތިބީ ހައްޔަރުގައިކަމަށްވާއިރު 15 މީހަކު ވަނީ ރިމާންޑު ޖަލަށް ބަދަލުކޮށްފައެވެ. 30 މީހަކު ވަނީ ބަންދުން ދޫކުރެވިފައެވެ.