ކަނޑުހުޅުދޫ ގައި ގެސްޓް ހައުސް ހެދުމަށް ހުޅުވާލާ ފަންސާސް އަހަރަށް ބިން ކުށްޔަށް ދޫކުރުމަށް ނިންމައިފިއެވެ.
އެ ރަށު ކައުންސިލުން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ ގެސްޓް ހައުސް ޒޯންއިން 9 ބިން ކުށްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަދަން ނިންމާފައިވާ ގެސްޓް ހައުސްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައު ވެއެވެ.

ކަނޑުހުޅުދޫ
އެގޮތުން ގެސްޓް ހައުސް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ތަކުން ޖުމްލަ 9 ބިމެއް ކުށްޔަށް ދޭން ނިންމާފައިވާ ކަމަށާއި، އެ ޒޯންތަކުން ބިމުގެ ގޮތުގައި ދޫކުރާ ސަރަހައްދުތަކުގައި 4 ބިމެއް 3000 އަކަފޫޓް ފޫޓުގެ ގޮތުގައި ދޫކުރާނެ ކަމަށާއި، 3 ބިމެއް 5000 އަކަފޫޓަށް އަނެއް ދެ ބިން ދޫކުރަނީ 10000 އަކަފޫޓްގެ ބިމުގެ ގޮތުގައި ކަމަށްވެސް ބުނެފައި ވެއެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ސެކްޓްރީ ޖެނެރަލް އަސްފާހު ހަސަން ހުވަދޫ މީޑިއާ އަށް ވިދާޅުވީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތަކުން އަންނަ އޮކްޓޯމްބަރު މަހުގެ 13 ވަނަ ދުވަހުގެ ބިޑް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބީލަން އޮންނާނީ އަންނަ މަހުގެ 15 ގައި ކަމަށާއި، ހާޒިރު ނުވެވޭ ފަރާތަކަަށް ވެސް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުމާލާނެ ކަމަށެވެ
ގެސްޓް ހައުސް ހެދުމަށް އެ ރަށުން ޖުމްލަ 9 ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ދޫކުރެވޭ ގެސްޓް ހައުސްތަކަށް ކަނޑައަޅާފައިވަނީ މިޑް ސްކޭލް ހޮޓެކްގެ ގޮތުގަޔާއި، އަޕްސްކޭލް ހައި ކޮލެޓީ ލަގްޒަރީ އެޕާޓްމެންޓްތައް ހިމެނޭ ގޮތަށެވެ. މިގޮތުން ފަރުމާ ކުރެވޭ މި ގެސްޓްހައުސްތަކާއެކު އަދި ކޮމާޝަލް އެރީއާތައް ހިމެނޭ ގޮތަށް ކުޅިވަރުކުޅެވޭނެ ދަނޑުތައްވެސް ވަނީ ހިމަނަން ނިންމާފައެވެ.
އެންމެ ލަގްޒަރީ އެޕާޓްމެންޓްތައް ގާއިމް ކުރެވޭ ގޮތަށް ފަރުމާ ކުރެވޭ މި ގެސްޓް ހައުސްތަކުގެ ޕްލޭންވެސް ވަނީ އެ ކައުންސިލުން އާންމު ކޮށްފައެވެ.

