ޚަބަރު
ވޭޕާ ދެކޮޅަށް އެންމެ ފަހުން ބެލެނިވެރިންވެސް؛ މަނާކޮށްދިނުން އެދި ޕެޓިޝަނެއް ތައްޔާރު ކުރަނީ

ރާއްޖޭގައި ވޭޕް މަނާކޮށްދިނުމަށް އެދި ބެލެނިވެރިންގެ ފަރާތުން ޕެޓިޝަނެއް ތައްޔާރުކޔާރުކުރުމުގެ މަސައްކަތް ފަށައިފިށައިފިއެވެ. މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާއަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތަކަށް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

ޕެޓިޝަން ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ ބެލެނިވެރިން ބުނާ ގޮތުގައި މި ޕެޓިޝަނުގެ މައިގަނޑު މަޤްޞަދަކީ ވޭޕާއި ދުންފަތުން ރާއްޖޭގެ މުސްތަޤްބަލުގެ ޖީލު ސަލާމަތްކޮށްދިނުމެވެ. ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ގޮތުގައި ވޭޕް އާއި އީ-ސިނގިރޭޓް މުޅި ރާއްޖެއަށް އާންމުވެފައިވާތީ، މިހާރުގެ ޒުވާން ޖީލު ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މި ޕެޓިޝަން ހުށަހެޅުމުގެ ފުރުޞަތު ދީފައިވަނީ މާދަމާ މެންދުރު 12:00 އާ ހަމައަށެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް ވަނީ ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ގޮވާލާފައެވެ. އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި އަދި ސްޓްރޯކް ހިމެނެއެވެ.

ދުންފަތުގެ ނުރައްކާތެރިކަން ފާހަގަކުރަމުން އެމްއެމްއޭ އިން ބުނެފައިވަނީ ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާއާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި، އޭގެ ތެރެއިން 70 މާއްދާއަކީ ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމްއެމްއޭ އިން ވަނީ ލަފާދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!