ޚަބަރު
ހިތުގެ ދުވަހު ބައިސްކަލާއި ސްކޫޓަރ ދުއްވުމުގެ އިތުރުން ސްކޭޓް ކުރުމުގެ ހަރަކާތެއްވެސް

ހިތުގެ ދުވަހު ބައިސްކަލާއި ސްކޫޓަރ ދުއްވުމުގެ އިތުރުން ސްކޭޓް ކުރުމުގެ ހަރަކާތެއްވެސް ބާއްވައިފިއެވެ. މިއީ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހެނދުނު މާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ހަރަކާތެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ބޭފުޅެއްކަމުގައިވާ ޑޮކްޓަރ އަބްދުއްސައްތާރު ޔޫސުފެވެ. އަދި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބްދުﷲ ޚަލީލްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ބައްޔަށް ހުށަހެޅޭ މީހުންގެ މެދުގައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ކެއިން ބުއިމުގެ އާދަތަކާއި ހެލިފެލިވެ އުޅުމުގެ މުހިންމުކަމަށް ހޭލުންތެރިކުރުވުމެވެ. މީގެ އިތުރުން، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ބާރު އެޅުމަކީވެސް މި ހަރަކާތުގެ މުހިންމު މަޤްޞަދެކެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، އެޗް.ޑީ.ސީ، ބައިކް މޯލްޑިވްސް، ސްކޭޓް މޯލްޑިވްސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް، ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ހަރަކާތުގައި ބައިވެރިވި ފަރާތްތަކުން މި ފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް އިތުރަށް ބޭއްވުމަށް އެދިފައިވާކަން ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!