ޚަބަރު
ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ” މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ކުރިއަށްގެންދިޔައީ މިދިޔަ ފެބްރުއަރީގައެވެ.

މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 15 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މިނިސްޓްރީން ބުނީ ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.

ޕްރޮގްރާމް އޮންނާނީ މި މަހުގެ 30 އިން ފެށިގެން ނޮވެމްބަރު 12 ގެ ނިޔަލަށް ކ.މަނިޔަފުށީގައެވެ.

ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!