ޚަބަރު
ޓީޗަރުންނަކީ ކޮންމެ ދުވަހެއްގެ ވެސް ގައުމުގެ މުސްގްބަލް ބައްޓަން ކުރާ ބައެއް: ސާޖިދާ

ޓީޗަރުންނަކީ ކޮންމެ ދުވަހެއްގެ ވެސް ގައުމުގެ މުސްގްބަލް ބައްޓަން ކުރާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިއަދާއި މާދަމާ ހަމައަށެވެ. ސީ.އެޗް.އެސް.އީ-މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުން ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ ކޮންފަރެންސް އެކެވެ.

ސާޖިދާ ވިދާޅުވީ ތައުލީމު އުުނގަންނަ ކޮންމެ ކުއްޖަކީވެސް މުހިންމު ކުއްޖެއް ކަމަށާއި، ޓީޗަރުން މަސައްކަތް ކުރަނީ އެކުދިންގެ މުސްތަގްބަލް ހޯދުމަށް ކަމަށެވެ. އެގޮތުން ޓީޗަރުންނަކީ ކޮންމެ ދުވަހެއްގެ ވެސް ގައުމުގެ މުސްގްބަލް ބައްޓަން ކުރާ ބައެއް ކަމަށްވެސް ސާޖިދާ ވަނީ ފާހަގަ ކުރައްވާފައެވެ.

“ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއް މައްޗަށް އެކުލެވޭ ޤައުމަކަށްވެފައި، ރަށްތައް ކުދި އާބާދީތަކަށް ބެހިފައި އޮތުމުން ތަޢުލީމީ ނިޒާމު ޑިޖިޓަލައިޒްކުރުމަކީ އެއްވެސް ކުއްޖެއް ބާކީނުކުރާ ނިޒާމެއް ބިނާކުރުމަށް މުހިންމު ކަމެއް. މިއީ ތަޢުލީމު ދިނުމުގެ ފެންވަރު މަތިކޮށް، ހުރިހާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދެވޭކަން ޔަޤީކުރެވޭނެ، ހުރިހާ ކުދިންނަށް އޭގެ ފައިދާވާނެ ކަމެއް.” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!