ޚަބަރު
އެމްޕީއެލްއިން ތަފާތު އެތައް ބައިތަކެއް ހިމަނައިގެން 10 ބުރީގެ އިމާރާތެއް އަޅަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮންފަރެންސްތަކާއި އިވެންޓް, ކެފޭ/ ރެސްޓޯރެންޓް އަދި ވިޔަފާރިތަކަށް ފްލޯތަކެެއް ހިމަނައިގެން 10 ބުރީގެ އިމާރާތެއް އެޅުމަށް ނިންމައިފިއެވެ.

އެ ކުންފުނިން މިފަދައިން ނިންމައި މިހާރު ވަނީ އެކަމަށް ބަޔަކު ހޯދުމަށް އިއުލާނު ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ  ދިހަ ބުރީގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވަނީ 9،580 އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށާއި ކޮންފަރެންސްތަކާއި އިވެންޓް,ކެފޭ/ރެސްޓޯރެންޓް އަދި ވިޔަފާރިތަކުގެ އިތުރުުން މީހުން ދިރިއުޅުމަށް ހާއްސަ ދެ ފްލޯއެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ގޮތުން މީހުން ދިރިއުޅުމަށް ހާއްސަކުރަނީ އެ އިމާރާތުގެ އަށް ވަނަ ބުރި އާއި ނުވަ ވަނަ ބުރި  ކަމަށާއި  އެންމެ މަތީގައި ރޫފް ޓޮޕްގައި ރެސްޓޯރެންޓެއް ހަދަން ނިންމާފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އޭގެ އިތުރުން އެމްޕީއެލްގެ އިދާރީ މަސައްކަތަށް ހާއްސަ އޮފީސް އޭރިއާގެ އިތުރުން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ވެސް އޮފީސް ޖާގަ އެ އިމާރާތުން ކަނޑައަޅާފައިވެ އެވެ. އެގޮތުން އެކަމަށް ހަ ފްލޯއެއް ހާއްސަ ކުރާނެ ކަމަށާއި ބޭސްމެންޓަކާއި ޕާކިންއަށް ހާއްސަ އޭރިއާއެއް ވެސް ކަނޑައަޅާފައިވެ އެވެ.

އެމްޕީއެލުން 10 ބުރީގެ މި އިމާރާތް އެޅުމަށް ނިންމާފައިވަނީ  ހުޅުމާލޭ ފެރީ ޓާމިނަލްގެ ކުރިމަތިން އޮންނަ ބިމުގައެވެ. އަދި މި އިމާރާތަކީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުއެކެވެ.

ސަރުކާރުގެ ގިނަ އިދާރާތަކެއްގެ އޮފީސް އިމާރާތްތައް ހުޅުމާލެއަށް ދަނީ ބަދަލު ކުރަމުންނެވެ. އަދި ވަރަށް ގިނަ އޮފީސް އިމާރާތްތައް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!