ޚަބަރު
ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީއިން ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާ ލިފްޓްގެ ދަތިކަމަށް ހައްލެއް ގެނައުމަށް އިތުރު ލިފްޓް ހަރުކުރުމަށް ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކަމުގެ ތަޖުރިބާހުރި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާއެވެ.

އެޗްޑީސީއިން ބުނެފައިވާ ގޮތުން ހިޔާ ފްލެޓުތަކުގައި އިތުރު 32 ލިފްޓް ބެހެއްޓިގެންދާނެއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާ ގޮތުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓިގެންދާއިރު، އެއް ލިފްޓަކީ ސްޓްރެޗަރ އެރުވޭވަރުގެ ބޮޑު ލިފްޓެކެވެ. އަނެއް ލިފްޓަކީ 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!