ޚަބަރު
އެއްގަމު އުޅަނދުފަހަރުގެ ފީތަކާއި ޖޫރިމަނާތައް އަލުން މުރާޖައާކުރަނީ

މާލެފަހި ޕްރޮގްރާމްގެ ދަށުން އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ފީއާއި އަހަރީ ފީގެ އިތުރުން އެކިއެކި ޖޫރިމަނާތަކަށް ކަނޑައެޅިފައިވާ އަދަދުތައް އަލުން މުރާޖައާށް، އައު އޮނިގަނޑެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ނިންމުން ނިންމާފައިވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނާއި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އަދަދުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހާލަތަށް ރިއާޔަތްކޮށް އަލުން ބަލައިލަންޖެހޭ އަދަދުތަކެއް ކަމަށް ފެންނާތީ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ތަފާތު ހާލަތްތަކަށް ބަލައި، އެ ސަރަހައްދަކާ އެކަށީގެންވާ ގޮތަށް އަދަދުތައް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޖޫރިމަނާތަކަށް ކަނޑައެޅިފައިވާ އަދަދުތައް މުރާޖައާކޮށް ގެޒެޓްކުރެވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ރަޖިސްޓްރޭޝަން ފީއާއި، އަހަރީ ފީ ވެސް މުރާޖައާކޮށް، އައު އޮނިގަނޑެއް އެކުލަވާލައި ތައާރަފުކުރުމަށް ރޭވިފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ސަރަހައްދެއްގެ އިގުތިސާދީ ހާލަތާ އެކަށީގެންވާ ގޮތަށް ފީތައް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!