ހެނދުނުގެ ވަގުތުގައި ކަސްރަތު ކުރުމުން ލިބޭ ފައިދާތައް އެނގޭ ހެއްޔެވެ.
ފަތިހުގެ ކަސްރަތުން ހަށިގަނޑަށް ލިބޭ ލުއިކަން އެއީ އެހެންގަޑިތަކަށްވުރެ ހިތްހަމަޖެހުން އިތުރު ގަޑިއެކެވެ. އެހެންކަމުން ހެނދުނު ގަޑީގައި ނަގާ ކަސްރަތަށް އަވަސްވަމާ ހިނގާށެވެ. އޭގެ ފައިދާ ތަޖުރިބާ ކޮށްލެވިއްޖެނަމަ އެކަންނުކޮށް ދޫކޮށްނުލާނެ ކަން ޔަގީނެވެ. ފުރިހަމަ ފިޓް އަދި ހަރުދަނާ ހަށިގަނޑަކަށް ތައުރީފު ނުކުރާ، އެއްވެސް މީހަކު ނުހުންނާނެއެވެ.
މިއޮތީ ހެނދުނުގެ ކަސްރަތުތައް ކުރުމުން ލިބޭ ބައެއް ފައިދާއެވެ.
- ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ
2. ލޭގައި ހަކުރު ކޮންޓްރޯލް ކުރޭ
3. ލޭގެ ޕްރެޝަރު ދަށްކުރޭ
ހެނދުނުގެ ނާސްތާގެ ކުރިން ފަތިހު ކަސްރަތު ކުރުމުން ފެޓް އާއި ކެލޮރީސް ވަރަށް ހަލުވިކޮށް އަނދައިގެން ދެއެވެ.
ރަނގަޅު ކަސްރަތުން ދުވަސް ފަށައިގަތުމަކީ މުޅި ދުވަހު ވެސް ކުރިއަށް ދާ ކަމެކެވެ. އެކްޓިވް ސިކުނޑިއަކާއި ހަށިގަނޑެއް ބޭނުންނަމަ ކަސްރަތު ނުކޮށް ދޫކޮށް ނުލާށެވެ. ހެނދުނުގެ ކަސްރަތު ކުރުމުން ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވައްޓަފާޅި ތާޒާކަންލިބި ދިރިއުޅުން އުޖާލާވާން ފަށާނެއެވެ. ކަސްރަތަކީ ރަނގަޅު ނިދި ލިބުމަށް ވެސް އެހީތެރިވާ ކަމެކެވެ.
އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް ދިމާވާ އެއްކަމަކީ މުޅި ދުވަހު އޮފީހުގައި ގިނަވަގުތު އިށީނދެތިބެގެން ތިބުމެވެ. އެހެންކަމުން ބުރަކަށީގެ ތިރިމައްސަލަތައް އުފެދޭއެވެ. ހެނދުނުގެ ކަސްރަތުން މިކަމަށް ހައްލެއް ހޯދަމާ ހިނގާށެވެ.
ސިންގަލް ލެގް ގްލޫޓް ބްރިޖަކީ މިއީ މުޅި ދުވަހު ހަށިގަނޑަށް ޗާޖު ކޮށްލެވޭ ވަރަށް ފަސޭހަ އަދި ހަރުދަނާ ގޮތެކެވެ.
ކުރަންވީ ގޮތް:-
ކަކޫ މައްޗަށް ލެނގިލައިގެން އޮށޯވެލާށެވެ.
ކަނާތު ފައި ދިގުކޮށްލުމަށްފަހު މެޓުން އުނަގަނޑު އުފުލާލުމަށް ވާތު ފައި އަދި ފައިތިކލައާއެކު ދަމާލާށެވެ.
މަޑުމަޑުން ތިރިވެ 1 މިނެޓު ވަންދެން ފަހަރަކު ފަޔެއް ތަކުރާރުކުރާށެވެ.
ނޯޓް: ( ފަތިސް ތަރި) މިއީ ކޮންމެ ދުވަހެއްގެ ފަތިހު ހުވަދޫއިން ގެނެސްދޭ ހާއްސަ އާޓިކަލް އެކެވެ. ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް އަންހެންވެރިންނަށް ހެނދުނު ގަޑީގައި ގޭގައި ކުރެވިދާނެ ކަސްތެއް މި ސުރުހީގެ ދަށުން ގެނެސްދިން މި އާޓިކަލްއާއެކު މުހިންމު މައުލޫމާތެއް ލިބުނުކަމުގައި އުއްމީދު ކުރަމެވެ.
ދިރިއުޅުން ބަދަލުކުރެވޭނެ އާ ބާބެއްގެ ފެށުން ކަމަށް އުއްމީދު ކުރަމެވެ.

