ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވާ އުރީދޫގެ ގްރޯވިތް އުރީދޫ ޕްރޮގްރާމް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.
އެ ދުވަހާއި ގުޅިގެން އިސްރަށްވެހިންގެ ނާދީގައި ބޭއްވި ޚާއްސަ ހަފްލާގައި އުރީދޫއިން ވަނީ ގާޑެނިން ކިޓުތައް ވެސް ބައިވެރިންނަށް ހަދިޔާކޮށްފައެވެ. ހަމައެއާއެކު ގްރޯ ވިތް އުރީދޫގެ ބްރޭންޑް އެމްބެސިޑާރ “ޒުވާން ދަނޑުވެރިޔާ” ގެ ފަރާތުން ބައިވެރިންނަށް ވަނީ ދަނޑުވެރިކަމާ ބެހޭ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އިސްރަށްވެހިންގެ ކަންކަމުގައި އުރީދޫން ބަހައްޓަވާ ޝައުގުވެރިކަމާއި ސަމާލުކަން ފާހަގަކުރުމާއެކު، އެ ޕްރޮގްރާމު ނާދީގައި ފަށައިދެއްވިކަމަށްޓަކައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން އުރީދޫގެ މެނޭޖްމަންޓަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވެސް ވަނީ އަދާ ކޮށްފައެވެ.