ޚަބަރު
ވޭމަންޑޫ ކައުންސިލުން މަޝްވަރާ ކުރެއްވި ކަންކަމުގައި އެއްބާރުލުންދޭނަން: ވަޒީރު އާދަމް ޝަރީފް

މިއަދު ހެނދުނު ތ.ވޭމަންޑޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލް މެންބަރުން މަޝްވަރާކުރެއްވި ކަންކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްވައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަަސައްކަތްތަކާބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް އިލްތިމާސް ކުރެއްވިއެވެ.

މީގެއިތުރުން ވަކި ގޮތަކަށް ނިންމާފައިވާ ކަންކަން ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ ތެރެއިން ބަދަލުކުރެވިދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ކައުންސިލު އިމާރާތުގެ ހާލަތާއި، ކުއްޔަށްދޭ ބިންތަކުގެ އަގަށް ބަދަލުގެނައުމާއި، މަގުހެދުމާއި، ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއި، ބިން ހިއްކުން ފަދަ ކަންކަން ހިމެނެއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރާއި، ވޭމަންޑޫ ހިމެނޭ ކުލަސްޓަރ ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ތ.އަތޮޅު ކޯޑިނޭޓަރ ބައިވެރިވެވަޑައިގަތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!