ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ
6 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހުގައި ޚާއްސަ އިންސްޕެކްޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
އަދި މިކަމުގައި ޝާމިލްވާ ބިދޭސީ ފަސް އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އެ އިދާރާ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަތައް ތަހުގީގުކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެތެރެއިން ތިން އަންހެނަކު ޑީޕޯޓުކޮށްފައިވާ ކަމަށާއި ބާކީ ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ތިޔަމީހުން އެތެރެ ކުރާ މީހުންނައް އޮތް އަދަބަކީ ކޮބާބާ؟