ޚަބަރު
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް ދެން ހުށަހަޅަންޖެހޭނީ އޮންލައިންކޮށް

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް ދެން ހުށަހަޅަންޖެހޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

އީސީން މިއަދު ބުނީ މާދަމާ އިން ފެށިގެން އެ ކޮމިޝަނުން ބަލަހަައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކި ވުމަށް އެދި ހުށަހަޅާނީ މި ވެބްސައިޓް (my.elections.gov.mv) މެދުވެރިކޮށް ކަަމަށެވެ.

ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތަށް މިދިޔަ މަހުގެ 23 ގައި ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

އެ އިސްލާހުގައިވާ ގޮތުން ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭންވާނެއެވެ. އަދި ޕާޓީއަށް ހުށަހަޅައިގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފިނަމަ، އިލެކްޝަންސް
ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އޭނާގެ ނަން، ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެއެވެ. އަދި ޕާޓީއެއްގެ މެންބަރަކ،ު ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި
ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ޕާޓީގެ ދަފުތަރުން ވަގުތުން އުނިކޮށްދޭން ވެސް ވާނެއެވެ.

މީގެއިތުރުން ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ، ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން
ހުށަހެޅުމުނ،ް ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫއަކޮށްދޭންވާނެ ކަމަށް އިސްލާހުގައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!