ޚަބަރު
ފަތިސް ތަރި: ހެނދުނު ސަޔަށް އަދިވެސް ދިވެހިންނަށް އެންމެ ކަމުދަނީ ބަނަސް

ބަނަހަކީ ދިވެހިންނަށް ވަރަށް ކަމުދާ ކާއެއްޗެކެވެ. ހެނދުނު ސަޔާއި ހަވީރު ސައިގަވެސް ބަނަހަށް ބޭނުންވާ މީހުންތިބެއެވެ. ބަނަސް މީ ހަމަ އެއްވަނަ، ދިވެހިންގެ މޭޒުމަތި ފަޅުފިލުވައިދޭ ބާވަތެކެވެ. މިއަދު ހެނދުނު ނާސްތާއަށް ނިކަން ކިރުސަޔާއި ބަނަސް ބޭނުންކޮށްލަމާ!

ބަނަހެއްގެ ވާހަކަ ދައްކާލީމަ މިއަދު ނިކަން ފަތިހާ ހޭލެވުނީތީ އަހަރެންވެސް މިހިރީ ބޭކަރީ އަކަށް ވަންނަ ހިތްވެފައެވެ. ކުއްލިއަކަށް ހަނދާންވީ ލަވައެއްގެ މަތިންނެވެ.

ނޫރު ތަކުން މުޅި ކައުނު ވިދާލީ.. ރޭގެ ފަޒާޔާ ޖައްވު ދިއްލާލީ.. ޝާދީގެ ސާދުން ދެ ފުރާނަ ގުޅާލިއްޔޭ ޖަޕާނާ.. ދޭތީ ފޯރީ.. ޗާންދް މިރޭގެ ޝާދީގާނާ.. މި ލޯބި ލޯބި ހަސްތީ.. ބަހާރުގާ ސުހާނާ ދޭތީ ފޯރީ.. ޗާންދް މިރޭގެ ޝާދީގާނާ….. މީރު ސަޔާ، ރަހަ.. މީރު އެ ބުއިންތަށް. މީރު ކުރިމުކޭކަރު ހަދިޔާތަށް.. އަގު މާތްވި ކާނާ ބަނާނާ.. ބަޓަރު ޖެހި ޕާނާ.. ދޭތީ ފޯރީ.. ޗާންދް މިރޭގެ ޝާދީގާނާ.

ޗާލުވި ގުމުރީ މުނިޔާ ކޮކާލާ… ނަރުގިސް މަލުގައި އުފަލުން ކުޅެލާ… ހީލާފައި ލޯބިން ފިރުމާލާ… ހިޔާލާ ގުޅުވާލާ… ދޭތީ ފޯރީ

މި ލަވައަކީ މަޖާ ހިތްގައިމު ލަވައެކެވެ. މީރު ސަޔާ، ރަހަ.. މީރު އެ ބުއިންތަށް. މީރު ކުރިމުކޭކަރު ހަދިޔާތަށް.. އަގު މާތްވި ކާނާ ބަނާނާ.. ބަޓަރު ޖެހި ޕާނާ

ބަނަހާއި ގެރިކިރު

ބަނަސް/ފޮޓޯ: ސޯޝަލްމީޑިއާ

މިއަދު މޭޒުމަތިން ކޮންމެ ގޮތެއްހަދާފަވެސް ބަނަހާއި ޕާނާއި ކްރީމް ކޭކަރުވެސް ފެންނަން ޖެހޭނެއެވެ. ސުކޫލު ބަންދު ނަމަވެސް ދަތުރު ދިއުމަށާއި، އެކި ކަންކަމުގައި ހޭލާ ތިބި ކުދިންނާއި މީހުންވެސް މި ރަހަމީރު ބަނަހާއި ކްރީމް ކޭކަރު އަދި ބަޓަރުޖެހި ޕާނުން ދުވަސް ފަށަން ހަނގީގަތުވެސް ވަރަށް ރަނގަޅުވާނެއެވެ.

ބަނަހާ ގުޅޭ މައުލޫމާތުކޮޅެއް:

ދިވެހިންނަށް ބަނަސް ފެނުނީ ކިހާ ހިސާބަކު ކަން އެނގޭތަ!

ފުށްގަޑެއްލީ ވަށް ބަނަސް ދިވެހިންނަށް ފެނުނީ އިނގިރޭސީން ރާއްޖޭގައި ތިބި ދުވަސްވަރު މީގެ 50 ވަރަކަށް އަހަރު ކުރިންނެވެ. ބަނަސް އަހަރުމެންނާއެކު އެއްމޭޒެއްގަ އުޅޭތާ ބައިގަރުނު ވަނީ ވެފައެވެ. ކަޅު ސަޔާއި ކިރު ސަޔަށް ވެސް ހެޔޮވަރު މި ބަނަސް ވަނީ ގެރިކިރާއެކު އަނގަ ފޮނި ކޮށްލުމަށްވެސް މި ވަރެއް ނެތް އެއްޗަކަށް ވެފައެވެ. ހެނދުނުގެ ނާސްތާއަށް ބަނަހެއް ނުލިބޭނަމަ އަދިވެސް ހިތްހަމަ ނުޖެހޭ ދިވެހިންތިބެއެވެ.

ހެނދުނުގެ ނާސްތާއަކީ “ދުވާލުގެ އެންމެ މުހިންމު ކެއުމެއެވެ. ހެނދުނު ރަނގަޅު ނާސްތާ އެއް ނެގުމުން ސިއްޙީ ގޮތުން ލިބޭ ފައިދާތައް ގިނަކަމަށް ދިރާސާތަކުން ދައްކައެވެ.

ހެނދުނު ނާސްތާގެ ސަބަބުން ސިއްހަތާއި ދުޅަހެޔޮކަމަށް ފައިދާތަކެއް ލިބުނަސް ގިނަ ބަޔަކު އެކި ސަބަބުތަކާ ހުރެ ގިނަ ފަހަރަށް އެކަން ދޫކޮށްލަ އެވެ. ހެނދުނު ނަގާ ނާސްތާއަށް ތައްޔާރުވުމައްޓަކާ ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. ސަބަބަކީ ރޭގަނޑު 12 އިގެ ފަހުން އާންމުކޮށް ކާއެއްޗެއް ނުކާ ހުސްބަނޑާ ހުންނާތީއެވެ. އެހެންކަމުން މި ގަޑީގައި ސިއްހީގޮތުން ރަނގަޅު ކާއެއްޗެއް ބޭނުންކުރުމަކީ ވަރަށް ބޮޑަށް ފައިދާތަކެއް ލިބޭނެ ކަމެއްވެސް މެއެވެ.

އަޅުގަނޑުމެން ދިވެހިންނަކީ އާންމު ގޮތެއްގައި ވަކިކަހަލަ ކާއެއްޗެއްސަށް ބަރޯސަ ވެފައިވާ ބައެވެ. އެއީ އާންމުކޮށް ލިބެން ހުންނަ ތަކެއްޗަކީ އެއީ އަބަދު ބޭނުންކުރާ ތަކެއްޗަކަށްވާތީއެވެ.

މިގޮތުން ބަނަސް ބޭނުންކުރެވޭ އިރު ސުކޫލަށްދާ ކުދިންނަށްވެސް ސައިތައްޓާއެކު ބަނަހެއް ލިބިއްޖެނަމަ އެއީ އެދުވަހެއްގެ މޫނުމަތި އުޖާލާވާ ކަމަކަށް ވެއެވެ. މިއަދު ހެނދުނުގެ ނާސްތާއަށް ބަނަހެއް ނުލިބުނިއްޔާ ހަވީރު ސަޔަށްވެސް ބަނަސް ހުންނަންޖެހޭނެއެވެ.

ގައިމު އުފާވެރި ވަގުތު ކޮޅަކަށް ދަތުރުދާ ކުދިންވެސް ބަނަސް ގެންދަން ވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!