ޚަބަރު
ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފި

ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

މިކަން އިއުލާނުކުރައްވަމުން އިނގިރޭސި ހާރިޖީވަޒީރު ޑޭވިޑް ލެމީ ވިދާޅުވެފައިވަނީ، އިނގިރޭސި ސަރުކާރުން އެކުލަވާލި އައު އެއްބަސްވުމުގައި ވާގޮތުގެ މަތިން މި ނިންމުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، ޑިއޭގޯ ގާސިއާގައި އެމެރިކާ އަދި އިނގިރޭސިން ހިންގަމުން އަންނަ އަސްކަރީ މަރުކަޒުތައް އަދިވެސް ހިންގަމުން ދާނީ އެ ދެ ގައުމުން ކަމަށް ލެމީ ވަނީ ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރިން އެ ސަރަހައްދުގެ ރަށްތަކުން ފޭބުމަށް މަޖުބޫރުކުރެވުނު މީހުންނަށް އެ ރަށްތަކަށް އަނބުރާ ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މޮރިޝަސްގެ ރަށްވެހީންނަށް ވެސް ޗާގޯސްގެ ރަށްތަކުގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ލެމީ ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިން ވަނީ 1814 ވަނަ އަހަރުން ފެށިގެން ފޯޅަވަހި ސަރަހައްދު ކޮންޓްރޯލްކުރަމުން އައިސް، 1965 ވަނަ އަހަރު މޮރިޝަސްގެ ކިބައިން ޗާގޯސްގެ ރަށްތައް ނިގުޅައިގަނެފައެވެ. މިކަމުގެ ސަބަބުން 2000 އަށްވުރެ ގިނަ ރައްޔިތުން ވަނީ އެހެން ތަންތަނަށް ބަދަލުކުރެވިފައެވެ.

2019 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓުން ވަނީ ޗާގޯސްގެ ރަށްތައް އިނގިރޭސިން ދޫކޮށްލަން ޖެހޭ ކަމަށް ނިންމާފައެވެ. އަދި އެރަށްތަކުގައި ދިރިއުޅެމުން ދިޔަ މީހުން ފޭބުމަށް އިނގިރޭސިން އެންގި އެންގުމަކީ ވެސް ގޯސް ނިންމުމެއް ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމަށް އިނގިރޭސިން ނިންމާފައިވާއިރު، ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ރާއްޖެއަށް ލިބެންޖެހޭކަމަށް ރާއްޖެއިންވެސް ދަނީ ވަކާލާތުކުރަމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ މައްސަލާގައި އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ރާއްޖޭގެ ދެކުނު ސަރަހައްދުން ކަނޑުގެ ބޮޑު ބައެއް ގެއްލިފައިވާތީ އެ މައްސަލަ ދިރާސާކޮށް ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނޭކަމަށް އަދުގެ ސަރުކާރުން ވަނީ ބުނެފައެވެ..

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!