ޚަބަރު
ޝަކުވާއަކާ ގުޅިގެން، ޝަރީއަތެއް ފަސްކޮށްދޭން އެދޭނީ ހުކުމާ ހިސާބަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނި: ޕީޖީ

ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފުތަކާބެހޭ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީއަތެއް ފަސްކޮށްދިނުމަށް އެ އޮފީހުން ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ހުކުމާ ހިސާބަށް ގޮސްފައިވާ މައްސަލަތަކުގައި އެކަނިކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިކަމާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފުތަކާއި މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރުމުގެ ގޮތުން އޮކްޓޫބަރު 01 އިން ފެށިގެން 20 ދުވަހުގެ މުއްދަތަށް ޝަކުވާ ހުށަހެޅުމަށް ޕީޖީ ނިންމެވި ނިންމެވުމާ ގުޅިގެން ޝަކުވާ ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް މުރާޖައާކޮށް، އެންމެ އަވަސް މިނުގައި ގޮތެއް ނިންމުމަށް އެ އޮފީހުގެ މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލަތަކުގައި ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބަންދުގެ ހާލަތަކަށް ބަދަލު ގެނެވިދާނެ ކަމަށް އެ އޮފީހަށް ފެންނަ މައްސަލަތައް ބަންދު މުރާޖައާ ކުރުމަށްޓަކައި ކޯޓުގެ ސަމާލުކަމަށް ގެންދެވޭނެ ކަމަށެވެ.

މި އޮފީހުން ކޯޓަށް ހުށަހަޅައި ހިނގަމުންދާ ދައުވާތަކާއި އިސްތިއުނާފުތަކާބެހޭ ޝަކުވާއަކާ ގުޅިގެން ހިނގަމުންދާ ޝަރީއަތެއް ފަސްކޮށްދިނުމަށް އެ އޮފީހުން ކޯޓުގައި އެދޭނީ އެ މައްސަލައެއްގެ ހުކުމާ ހިސާބަށް ގޮސްފައިވާ މައްސަލަތަކުގައި އެކަންޏެވެ. ބަޔާނުގައި ވެއެވެ.

ޕީޖީ ޢައްބާސް ޝަރީފް ވިދާޅުވެފައިވާ ގޮތުން އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިޓީި، އީމެއިލް، އެސްއެމްއެސް އަދި ފޯނު ކޯލުތައް މެދުވެރިކޮށް މައްސަލަތަކާ ގުޅޭ ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅާފައެވެ.

ޕީޖީ ޢައްބާސް ވިދާޅުވީ އެ ޝަކުވާތަކުގައި، އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ވަކިވަކިން ބެލުމަށް ޕީޖީ ހިމެނޭ ގޮތުން ޚާއްސަ ކޮމިޓީއެއް އެކުލަވައިލައްވާނެ ކަމަށް ވެސް ޕީޖީ ޢައްބާސް ވިދާޅުވެފައިވެއެވެ.

ޕީޖީ ވިދާޅުވި ގޮތުގައި އެއްވެސް މައްސަލައަކާ ގުޅިގެން ކުރިން ނިންމާފައި އޮތް ނިންމުމެއް ބަދަލުކުރާނަމަ، އެ ނިންމުން ބަދަލުކުރި ސަބަބު އާންމުންނަށް އެނގޭނެ ގޮތަށް ހާމަކުރައްވާނެ ކަމަށެވެ. އަދި ބަދަލުނުކުރާ މައްސަލަތައް ވެސް އެ ހުށަހެޅި މީހުންނަށް އަންގަވާނެ ކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!