ޚަބަރު
ކުޅިވަރު ދާއިރާ ހަރުދަނާކުރަން ރާއްޖެއިން ސަޢޫދީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ކުޅިވަރު ދާއިރާ ހަރުދަނާކުރަން ސަޢޫދީ ޢަރަބިއްޔާއާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު މިހާރު ސަޢޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ސަޢޫދީގެ ވެރިރަށް ރިޔާޟްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. ސަޢޫދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ތުރުކީ އަލް ފައިޞަލެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ކުޅިވަރު ކްލަބްތަކުގެ މެދުގައި ސީދާ މުއާމަލާތުކުރުމަށް އެހީތެރިވުމުގެ އިތުރުން ސްޕޯޓްސް މެޑިސިންއާއި، އެންޓި-ޑޯޕިންއާ ގުޅޭ ކަންކަމާއި އަދި މުބާރާތްތައް އިންތިޒާމުކުރުން ހިމެނެއެވެ.

މީގެއިތުރުން ކުޅިވަރު ހަރަކާތްތައް ބޭއްވުމާއި، ކުޅިވަރާ ގުޅޭ ދާއިރާތަކުން އެއްބާރުލުންދިނުން ހިމެެނެއެވެ. އަދި ޕްރޮފެޝަނަލް ކޯޗުން ތަމްރީނުކުރުމާއި، ލައިބްރަރީ ރިސޯސަސް ހަރުދަނާކުރުމާއި، ދެ ފަރާތުގެ ކުޅިވަރު ތަޖުރިބާތަކުގެ މައުލޫމާތު ބަދަލުކުރުން ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!