ޚަބަރު
ވިއެޓްނާމްގެ ކާރުހާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 3،000 އަށް ވުރެ ގިނަ އިލެކްޓްރިކް ވެހިކަލް ހަލާކުވެއްޖެ

ވިއެޓްނާމްގެ އުތުރުގައި ހުންނަ ލޭންގް ސޮން ސިޓީގެ ކާރުހާނާއެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި 3،000 އަށް ވުރެ ގިނަ އިލެކްޓްރިކް ސައިކަލާއި މޮޓޯ ސައިކަލު ހަލާކުވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފިއެވެ.

ޑީކޭ ވިއެޓްނާމް-ޖަޕާން އިލެކްޓްރިކް ވެހިކަލް ކުންފުނީގެ ގުދަނެއްގައި މި އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހެނދުނު 7:00 ހާއިރުއެވެ. ހާދިސާ ހިނގުމާއެކު ގުދަނުން ކަޅު ދުން އުފުލި މަންޒަރުތައް ފެނިގެން ދިޔައިރު، އެއްޗެހި ގޮވާ އަޑު އިވުނު ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގުދަނުގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު އެހެން ފަންގިފިލާތަކަށާއި ޖެހިގެން ހުރި ވޯކްޝޮޕްތަކަށް ފެތުރުނު ކަމަށެވެ. މި ހާދިސާގައި އިލެކްޓްރިކް ސައިކަލުގެ 2،000 އަށް ވުރެ ގިނަ އުޅަނދު ހަލާކުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާއެއް ހިނގިކަން އެ ކުންފުނީގެ ބާނީގެ ފިރިމީހާ ހޯންގް ވެން ޚޮއި އޭއެފްޕީއަށް ކަށަވަރުކޮށްދިން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!