ޚަބަރު
އަލީ ރަމީޒްގެ ‘ޔޫޓިއުބް’ ޗެނެލް ހެކްކޮށްފި

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ “ޔޫޓިއުބް” ޗެނެލް ހެކްކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އަލީ ރަމީޒް އަމިއްލައަށް އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށެވެ.

އިއްޔެ ރޭ ފޭސްބުކުގައި ޕޯސްޓެއް ކުރަމުން، އަލީ ރަމީޒު ވަނީ އޭނާގެ ޔޫޓިއުބް ޗެނެލްގެ އެހާރާއި މިހާރުގެ ފޮޓޯ ހިއްސާކޮށްފައެވެ. މި ޕޯސްޓުގައި އޭނާ ވަނީ އާންމުންގެ ފަރާތުން އޭނާގެ ޖީމެއިލްއާއި ޔޫޓިއުބް ޗެނަލް އަލުން ރިކަވާ ކުރުމަށް އެހީތެރިވެދިނުމަށް އެދިފައެވެ.

އަލީރަމީޒުހިއްސާކޮށްފައިވާ…….ފޮޓޯ:ފޭސްބުކް

އަލީ ރަމީޒު ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، އޭނާގެ ޗެނެލް ހެކްކޮށް، އޭގައި ޖަހާފައިވަނީ އީލޮން މަސްކުގެ “ޓެސްލާ” ކުންފުނީގެ ނަމެވެ. މީގެ އިތުރުން، އަލީ ރަމީޒު ވިދާޅުވި ގޮތުގައި އޭނާގެ ޗެނެލުން ވަނީ އޭނާ އަޕްލޯޑްކޮށްފައިވާ 482 ވީޑިއޯ ވެސް ފޮހެލާފައެވެ.

އަލީ ރަމީޒަކީ ޔޫޓިއުބްގެ އިތުރުން ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ އިޖުތިމާޢީ ވިއުގަތައް ވެސް ބޭނުންކުރަމުން އަންނަ، ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަސައްކަތްކުރަމުން އަންނަ ފަރާތެކެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ އަލީ ރަމީޒަށް އެހީތެރިވުމަށް ކުރިމަތިލާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!