މައުލޫމާތު
ފަތިސް ތަރި: އަރައިގެން އަންނަ އިރުގެ ހޫނުކަން، މި ވަގުތުގެ ބޭނުން ހިފަންވާނެ!

އަރައިގެން އަންނަ އިރުގެ ހޫނުކަން މިއީ ވަރަށް ފައިދާހުރި ވަގުތެކެވެ. މި ވަގުތުގެ ބޭނުން ހިފުން މިއީ ވަރަށް މުހިންމު ކަމެއްވެސްމެއެވެ. ނޫކުލައިގެ ރީތި އުޑުގައި ވިލާތަކުގެ ތެރެއިން އަންނަ އިރުގެ އަލިކަމުގެ ރީތިކަމަށް ތައުރީފުކޮށް ބޭރުގައި އިށީނދެގެން އިންނައިރު ވެރިވަނީ ހަމައެކަނި ހަމަހިމޭން ކަމެއްނޫނެވެ.

އަޅުގަނޑުމެން ދިވެހިން މި އިރުގެ އަލިކަމަށް އެހާ ބޮޑަށް ފަރިތަވެފަ ނެތް ނަމަވެސް މި މަޑު ހޫނުކަމުގެ ތެރެއިން ލިއްބައިދެނީ އަރާމާއި އުފަލެވެ. ހިތްގައިމުކަމެވެ. ހަށިގަނޑަށް ހަކަތައާއި ދުވަހުގެ ދުޅަހެޔޮ ކަމެވެ. ފަތިހާ ހޭލާ މައިން ވަރަށް ގިނައިން ކުޑަކުދިން ބޭރަށް ނެރެ އެކުދިންނަށް މި ވަގުތު ވިޓަމިން ޑީ ލިބޭ މި ހޫނުކަމުގެ ތެރޭގައި ބައިތިއްބާތަން ފެނެއެވެ. ނަމަވެސް މި ވަގުތުގެ ބޭނުން ހިފަން ލިބި ވަގުތު ގިނަ ބަޔަކު ގެއްލުވާލައެވެ.

އަރައިގެން އަންނަ އިރުގެ ހޫނުކަން ލިބޭ ފައިދާތައް:

ހަކަތަ އިތުރުވުން: އިރުގެ އަލިއަކީ ވިޓަމިން ޑީ ގެ ގުދުރަތީ ވަސީލަތެކެވެ. މިއީ ހަކަތައިގެ މިންވަރު އިތުރުކޮށް، މުޅި ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ނިދި ރަނގަޅުވުން: އިރުގެ އަލިމުން ހަށިގަނޑު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދެއެވެ.

ޑިޕްރެޝަން ދުރުކޮށްދޭ: އަދި މިކަމުގެ ސަބަބުން ޑިޕްރެޝަން ކުޑަކޮށްދެއެވެ. ބޮޑު ދިރާސާއެއް ކަމަށްވާ ޓްރަސްޓްޑް ސޯސް އިން ދައްކާ ގޮތުގައި އެންމެ ގަޑިއެއްހާއިރު ކުރިން ހޭލުމަކީ މޭޖާ ޑިޕްރެޝަން ޑިސްއޯޑާގެ ނުރައްކާ ވެސް 23 ޕަސެންޓް ދަށްކޮށްދޭ ކަމެކެވެ.

ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ: މިއީ ހައިރާންކުރުވަނިވި ކަމެއް ނަމަވެސް ކޮންމެ ދުވަހަކު އަވަހަށް ތެދުވުމަކީ އިތުރު ފެޓް ވެސް ގެއްލޭނެ ކަމެކެވެ. 2014 ވަނަ އަހަރުގެ ޓްރަސްޓްޑް ސޯސްގެ ދިރާސާއިން ދައްކާ ގޮތުގައި ހެނދުނުގެ އަލި އެކްސްޕޯޒާގެ ސަބަބުން ހަށިގަނޑުގެ ފެޓްގެ އިތުރުން ބަނޑުހައިހޫނުކަން ރެގިއުލޭޓްކުރާ ހޯމޯންތަކުގެ ލެވެލްއަށް އަސަރުކުރެއެވެ.

މި ތިއަރީގައި ބުނެފައިވާ ގޮތުގައި ސިކުނޑިއަށް ފޯކަސް ކުރެވޭނީ ވަކި ސްޓިމިއުލަސްއަކަށް ނުވަތަ މަސައްކަތަކަށް މަދު ވަގުތުކޮޅަކަށެވެ. ނަމަވެސް ގުދުރަތީ މާހައުލަށް ސިކުނޑީގެ މަސައްކަތް ތައް އިތުރަށް ފަސޭހަވެ ސިކުނޑި ރަނގަޅުވެ، ކޮންސެންޓްރޭޓް ކުރުމުގެ ގާބިލުކަން އަލުން އިއާދަކޮށްދެ އެވެ.

އިރުއޮއްސޭ މަންޒަރު ބެލުމަކީ މޫޑު ރަނގަޅުކުރުމަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހައްލެކެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އަޅުގަނޑުމެންގެ ސިއްހަތަު ރަނގަޅު ގޮތުގާ ބެލެހެއްޓުމަށް ކޮންމެ ދުވަހަކު ހެނދުނު މި ހޫނުކަން ލިބިގަންނަ މީހަކަށްވާންޖެހެއެވެ. މީގެ ތެރޭގައި މޫޑް ރަނގަޅުވުމާއި ދިފާއީ ނިޒާމު ވަރުގަދަވުމާއި ބިރުވެރިކަމުގެ އިހުސާސް ވެސް ކުޑަކުރުންވެސް ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!