ޚަބަރު
އިންޑިއާގެ ރިޔާސީ ގަނޑުވަރުން ރައީސް ޑރ.މުޢިއްޒުގެ ދެކަނބަލުންނަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ހެނދުނު ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުން އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުހަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރުގެ ގޯތި ތެރޭގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވާއިރު، އަދި ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ވަނީ ޚާއްސަ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާގެ ޚާއްސަ ހަރަކާތްތަކަކާއި، ސަގާފީ ބައެއް ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް މި މަހުގެ 6 އިން 10 އަށް ރައީސް ޑރ. މުޢިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސްގެ އިތުރުން ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުން، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!