ޚަބަރު
ނުރައްކާތެރި ކެމިކަލް ގުދަންކުރާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަނީ

ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާތަންތަން ހުރިތޯ ބެލުމާއި މި ގަވާއިދަށް އާއްމުރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ “އޮޕަރޭޝަން ހިރާސް ފާސް” ގެ ދަށުން ގިނަ އަދަދެއްގެ ތަންތަން ބަލައި،އެކި ތަފާސް ހިސާބުތައް ވަނީ ނަގާފައި ކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.

އެ އޮޕަރޭޝަންގައި ގްރޭޓަރ މާލޭ އޭރިއާއިން މިހާތަނަށް، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 375 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 38 ގުދަނާ އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފަ ކަމަށްވެސް ބުނެފައި ވެއެވެ.

އޮކްޓޯބަރ މަހުގެ 1 ން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށް ދިފައީ ވުޒާރާއި ހާމަކޮށް ފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!