އިންޑިއާގެ މުމްބާއީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮލީވުޑްގެ ބައެއް ސްޓާރުން ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްއާ ބައްދަލުކުރެއްވި ސްޓާރުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން ޝިލްޕާ ޝެޓީ އާއި ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް އާއި ސަނީ ކައުޝަލް އާއި ކަރިޝްމާ ކަޕޫރް އަދި އަރްބާޒް ހާން ހިމެނެއެވެ.

ރާއްޖެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޭއްވި އިވެންޓުގައި ބޮލީވުޑްގެ ސްޓާރުންނާއި ރައީސް ބައްދަލުކުރެއްވުން/ފޮޓޯ : މިހާރު
މީގެ ތެރެއިން ގިނަ ސްޓާރުން ވަނީ ޗުއްޓީ ހޭދަކުރަން މީގެ ކުރިން ރާއްޖެ އައިސްފައެވެ.

ރާއްޖެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޭއްވި އިވެންޓުގައި ބޮލީވުޑްގެ ސްޓާރުންނާއި ރައީސް ބައްދަލުކުރެއްވުން/ފޮޓޯ : މިހާރު
ރައީސް މިހާރު އިންޑިއާ އަށް ކުރަައްވަމުން ގެންދަވާ މި ދަތުރުފުޅުގައުވަނީ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރަދެރަ މޯދީގެ އިތުރުން އިންޑިއާގެ ރައީސް އާއި ވެސް ބައްދަލު ކުރައްވާފައެވެ.
އެގޮތުން ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހު ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ރައީސް ވިދާޅުވީ އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ، ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައެވެ.