މަސައްކަތުގެ މާހައުލަކީ އަބަދުވެސް ބަދަލުވަމުން އަންނަ، ތަނެކެވެ. އެއްދުވަހު ރީތިކޮށް މަސައްކަތްކުރި ނަމަވެސް އަނެއް ދުވަހު ވާނުވާއެއް ނޭނގި ހުއްޓާ އެއްކޮށް ފްލޮޕްވެދޭ މަރުހަލާއެކެވެ. ގޮތްނޭނގޭ އެތައް ބަޔަކާ ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ މަރުހަލާއެއްވެސް މެއެވެ. އަމިއްލަ ދިރިއުޅުމުގެ އެއްބަޔާއި ގުޅިފައިވާ މި އުނދަގޫ މަރުހަލާއިން ކާމިޔާބު ލިބޭނީ ވަރަށް މަދު ބަޔަކަށެވެ. ނަމަވެސް ނުފޫޒުގަދަ ބާރު ދައްކާ މީހުންގެ ފުށުން އަރައިގަނެވޭނީ އަމިއްލް ހިތްވަރާއި ސާބިތު ކަމާއެކުގައި ނިކަން ބުއްދީގެ ބޭނުން ކޮށްގެންނެވެ.
މުވައްޒަފަކަށް ބަރޯސާ ވަމުންދާ ނަމަ މީކަމުން ބޮޑު ގެއްލުމެއް ލިބިދެއެވެ. އަބަދުވެސް ބަރޯސާވާ އެ އެކުވެރިޔާ ކުއްލިއަކަށް ޗުއްޓީއަށް ނުކުންނަން ވެއްޖެ ނަމަ މިކަމުގެ ތަކްލީފްތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން އަބަދުވެސް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހެއެވެ. އަމިއްލަ އުދެއްދުންތައް ދައްކާ ތިމާގެ ހުނަރު ދައްކަންޖެހެއެވެ.
މަސައްކަތްކުރުމުގެ އުދަގޫތަކާއި އެކުގައި މަސައްކަތް ކުރާއިރު އެކީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އުނދަގޫތައްވެސް ފެންނަނީ މަދެއްކޮށެއްނޫނެވެ. މިފަދަ ތަޖުރިބާއެއް ކުރަންޖެހިއްޖެނަމަ މުޅި މީހާއާއަށް އެކަމުގެ ސަބަބުން އަސަރުތަކެއް ކުރެއެވެ. އެކަމުގެ ސަބަބުން އަންނަ ޗޭންޖެއްގެ ސަބަބުން އެޑްޖަސްޓްމަންޓްތައް ހަމަޔަކަށްނޭޅި ތިބާއަށާއި ތިބާގެ ޓީމަށް ހުރަސް އެޅިދާ ހާލަތްތައްވެސް ކުރިމަތިވެއެވެ.
ގިނަ ފަހަރަށް ބަދަލުތައް ގެންނަނީ ތިބާގެ ކޮންޓްރޯލުން ބޭރުގައެވެ. ކޮންޓްރޯލު ކުރެވިދާނެ ކަމަކީ އެމީހުންނާ މެދު އަމަލުކުރާ ގޮތެވެ. ގޮންޖެހުންބޮޑު ދަނޑިވަޅެއްގައި އެހެން މުވައްޒަފުންނަށް ފައިދާހުރި މީހަކަށް ތިމާ ވާންޖެހޭނެއެވެ. އެހެން މީހުންނަށް އިރުޝާދު ދެވޭނެ ލީޑަރަކަށް ތިމާ ވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ލިބިފައިވާ ގިނަ ސްކިލްސްތަކެކޭ އެއްފަދައިން އެޑަޕްޓޭބިލިޓީއަކީ ވެސް ދަސްކުރެވޭނެ ހުނަރެކެވެ. މަސައްކަތުގެ މާހައުލުގައި އެޑަޕްޓޭބިލިޓީ އުފައްދައިގެން، ކޮންމެހެން އަންނާނެ ބަދަލުތަކާ ކުރިމަތިލާން ދަސްވެ، އަދި ކުރިއެރުން ވެސް ހޯދޭނެވެސް މެއެވެ. މިއީ ވަޒީފާއެއްގައި ދެމި ހުރުމަށްޓަކާ ކޮންމެހެން މުހިންމު ކަންތައްތަކެވެ.
ފަތިސްތަރިން މި ގެނެސްދެނީ ތިމާގެ ދިރިއުޅުމަށް ބަދަލެއް ގެނެސްގެން ދިރިއުޅުން އުޖާލާ ކުރެވޭނެ ހުނަރެވެ. މި ހުނަރުތަކުން ހަގީގަތިގަވެސް މާދަމާ ތިމާއަކީ ފައިދާހުރި މީހެއްގެ ގޮތުގައި ފެންނާނެ ކަން ކަށަވަރެވެ.

